ހަބަރު

މޯލްޑިވިއަންގެ ނުވަވަނަ ސީޕްލޭން ރާއްޖެ ގެނެސްފި

Oct 4, 2016
2

މޯލްޑިވިއަން އިން އެ ކުންފުނީގެ ނުވަ ވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފި އެވެ. މި ސީޕްލޭން ގެނެސްފައިވަނީ ސްވިޒަލެންޑުންނެވެ.

މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތް ފުޅާކުރަން ފެށި މަސައްކަތުގެ ދަށުން ގެނައި ނުވަވަނަ ސީޕްލޭންނާއެކު އެ ކުންފުނީގެ ހިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފަ އެވެ. މޯލްޑިވިއަންގެ ނުވަވަނަ ސީޕްލޭންއަކީ ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވެފައިވާ ގޮތުގައި މި އަހަރު އެ ކުންފުނީގެ ސީޕްލޭން 10 އަކަށް އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

"ހިދުމަތް ދުވަހުން ދުވަހަށް މިދަނީ ރަނގަޅު ކުރަމުން، ސީޕްލޭންގެ އަދަދު ވެސް އިތުރު ކުރަމުން،" ނަޝާތު ވިދާޅުވެފައިވެ އެވެ.

މޯލްޑިވިއަން ސީޕްލޭންގައި 100 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އެ ކުންފުނިން ރާއްޖޭގެ ހަ ރިސޯޓަކަށް ޓޫރިސްޓުން އުފުލަމުންދެ އެވެ.