އަންހެނުންގެ ދުވަސް

ފަތާނެ ޕޫލެއް ނެތަސް ހުވަފެންތައް ވަރަށް ބޮޑު

އައިޝަތު ސާޖިނާ: އުމުރުން 19 ގައި އޭނާ އަކީ ރާއްޖޭގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާ. --އަވަސް ފޮޓޯ
0%
0%
0%

ސަތޭކަ މީޓަރުގެ ބްރެސްޓް ސްޓްރޯކްގައި މިއީ ރާއްޖޭގައި ނެތް ވަރުގެ ފެތުންތެރިއެކެވެ. ނަމަވެސް އުމުރުން 19 އަހަރުގެ މި ފެތުންތެރިޔާގެ ނަމާއި ހުނަރުވެރިކަމަށް ލިބުނު ސަމާލުކަން ވަރަށް ފަހަކާ ޖެހެންދެން އޮތީ "ފެނުއަޑީގަ" އެވެ. އައިޝަތު ސާޖިނާގެ އާދަޔާހިލާފު ވާހަކަށް ލިބެން ޖެހޭ ސަމާލުކަން ފުރިހަމަ އަށް ލިބިގެން ދިޔައީ މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ އެވޯޑާ ހަވާލުވާން "ފެނުން މައްޗަށް" އެރި ހިސާބުންނެވެ.

މިއަދު އޭނާ އަކީ ރާއްޖޭގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާ އެވެ. މި ޝަރަފްވެރިކަން އޭނާ ހާސިލުކޮށްފައި ވަނީ ރިކޯޑަކަށް ފަހު ރިކޯޑެއް މުގުރަމުން ދިޔަ އޭނާގެ ދައްތަ އަދި ކުރީ އަހަރުތަކުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަންގެ މައްޗަށް މެޑަލްގެ ރޭހުގައި ކުރި ހޯދައިގެންނެވެ.

އެއަށް ފަހު ސާޖިނާ ބުނަނީ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އޭނާގެ "ޗެމްޕިއަން" ދައްތަ އަށް ކަމަށެވެ. ތިރީގައި މި އޮތީ އަވަސް ވީކެންޑްގެ "އަންހެނުން ސެގްމަންޓަށް" ސާޖިނާ ދިން އިންޓަވިއު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345