އެއް ޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަށް އޮސްޓްރޭލިއާގެ ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ކޯލިޝަނުން ހުށަހެޅި ބިލް އިދިކޮޅު ލޭބާ ޕާޓީން ދެކޮޅު ހަދައި މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ބޮޑުވަޒީރު މެލްކޮމް ޓާންބުލްގެ ކަނާތު ފިޔައިގެ ކޯލިޝަނުން މަޖިލީހަށް ހުށަހެޅި ބިލްގައި ބުނެފައިވަނީ އެއް ޖިންސުން ގުޅުން ހިންގުމަށް ފެނޭތޯ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހެޅުމަށެވެ.
ނަމަވެސް އިދިކޮޅު ލޭބާ ޕާޓީން މިކަމާ ދެކޮޅު ހެދުމުން އެ މައްސަލަ އިތުރު ތިން އަހަރަށް ފަސް ވެގެން ދިޔައީ އެވެ.
ގާލްއޮޕްގެ ސާވޭއިން ދައްކާ ގޮތުގައި އެއް ޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަށް އޮސްޓްރޭލިއާގެ 61 ޕަސަންޓް މީހުން ހުއްދަ ތާއީދު ކުރެއްއެވެ. މިބިލް މަޖިޅިހުން ބޭރުކޮށްލުމުން ޓާންބުލްގެ މަގުބޫލުކަން ވަނި ދަށަށް ގޮސްފައެވެ.
އެއް ޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަށް ބައެއް އިންޑަޕެންޑެންޓް މެންބަރުން ތާއީދު ކުރެއެވެ. ނަމަވެސް ލޭބާ ޕާޓީގެ މެންބަރުން މި ބިލާ ދެކޮޅު ހެދުމުން މަޖިލީހުގެ ތެރެއިން މިކަން ހުއްދަ ކުރުމަށް އަނެއްކާވެސް ހުރަހެއް ކުރިމަތިވީ އެވެ.