ރާއްޖެ ކުޅިވަރު

އެސޯސިއޭޝަން ކަޕް އަންނަ އަހަރު ފުވައްމުލަކުގައި

ވޮލީބޯޅަ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަން އަންނަ އަހަރު ފުވައްމުލަކު ސިޓީގައި ބާއްވަން ނިންމައިފި އެވެ.

ވޮލީ އެސޯސިއޭޝަނުގެ ރައީސް މުހައްމަރު ލަތީފް (ލަތީބެ) މިކަން އިއުލާނުކުރެއްވީ ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް ފައްޓަވަން އެސިޓީ އަށް ކުރެއްވި ދަތުރުފުޅަށްފަހު އެވެ.

ފުވައްމުލަކަކީ ރާއްޖޭގެ އަންހެން ވޮލީގައި އެންމެ ފާހަގަކުރެވޭ އެއް ރަށެވެ. އެރަށުގައި ފަހަކަށް އައިސް ބާއްވާ ކޮންމެ މުބާރާތެއް ވެގެންދަނީ ފޯރިގަދަ މުބާރާތަކަށެވެ.

އިއްޔެ ފެށި މުބާރާތުގައި ވެސް ފިރިހެން ހަ ޓީމާއި އަންހެން ހަތަރު ޓީމު ވާދަކުރެ އެވެ. މި މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ އިތުރުން ނަން މަޝްހޫރު ކޯޗުން މިހާރު ތިބީ ފުވައްމުލަކުގަ އެވެ.