ބޭރު ކުޅިވަރު

އައިވަރީ ކޯސްޓްގެ ކުޅުންތެރިއަކު މާލީގެ ޑިފެންޑަރު މަރުން ސަލާމަތްކޮށްދީފި

ދަނޑު މައްޗަށް ވެއްޓި ނޭވާހާސްވެފައި އޮތް މާލީގެ ފޯވަޑް މޫސާ ޑޮމްބިއާ އަވަސް ފަރުވާދީ އައިވަރީ ކޯސްޓްގެ ކުޅުންތެރިއަކު އޭނާ މަރުން ސަލާމަތްކޮށްދީފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި މޫސާ ޑޮމްބިއާ ވެއްޓުނީ ޕެނަލްޓީ އޭރިޔާތެރެެއިން ބޯޅަ ހޯދަން އުޅެނިކޮށް ކުޅުންތެރިއެއްގެ އުޅަބޮށިން މޫނުމަތީގައި ޖެހި އަނގަވަތަށެވެ. އޭނާ އަށް އަވަސް ފަރުވާދިނުމަށް އަވަސްވެގަތީ އައިވަރީ ކޯސްޓްގެ ފޯވަޑް ސަރްގޭ އައުރާ އެވެ. އޭނާ ވަނީ މެޗަށް ފަހު މޫސާ ޑޮމްބިއާގެ ހާލު ބެލުމަށް ހޮސްޕިޓަލަށް ވެސް ގޮސްފަ އެވެ.

މެޗަށް ފަހު އައުރާ އަށް މާލީގެ ކޯޗާއި ކުޅުންތެރިން ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އައުރާގެ މި އެހީތެރިކަމާއެކު އޭނާ އަށް ނޫސްތަކުގެ ފަލަސުރުހީތަކުން ޖާގަ ލިބިފައިމިވަނީ ފުލުހަކަށް ހަމަލާދިނުމުގެ ސަބަބުން ޖަލަށް ވެސް ލާފައިވަނިކޮށެވެ. އަދި އަމިއްލަ ޓީމުގެ ކުޅުންތެރިންނަށް ނަސްލީގޮތުން ދިމާކުރާތީވެ ޕީއެސްޖީން އޭނާ ސަސްޕެންޑްވެސް ކޮށްފައިވަނިކޮށެވެ.