ރާއްޖެ ކުޅިވަރު

އޭވައިއެލް އާއި ސްޓެލްކޯ އަދި ސިފައިން ރެލިގޭޓްވެއްޖެ

ދެ ވަނަ ޑިވިޝަނުގައި ވާދަކުރި 10 ޓީމުގެ ތެރެއިން ޓޭބަލުގެ ފުލަށް ދިއުމުން ޓޭބަލުގެ ފުލަށް ދިއުމުން ހަތަރު ޓީމެއް ރެލިގޭޓްވެއްޖެ އެވެ.

ރެލިގޭޓްވީ ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޯލްޔޫތު ލިންކޭޖް (އޭވައިއެލް) އާއި ދިވެހި ސިފައިންގެ ކުލަބާއި ސްޓެލްކޯ އާއި ވެލޯޒިޔާ އެވެ.

މުބާރާތް ރާވާލާފައިވަނީ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައި ކޮންމެ ގްރޫޕަކުން ވެސް އެންމެ ފުލަށްދާ ދެ ޓީމު ރެލިގޭޓްވާގޮތަށެވެ. ގްރޫޕް އޭއިން ސްޓެލްކޯ ދިޔައީ ތިން ޕޮއިންޓާއެކު ހަތަރުވަނަ އަށެވެ. ޕޮއިންޓެއް ނުލިބި ފުލަށް ދިޔައީ ސްޓެލްކޯ އެވެ. ގްރޫޕް ބީން ތިން ޕޮއިންޓާއެކު ސިފައިންނަށް ހަތަރުވަނަ ލިބުނުއިރު ކުޅުނު ފަސް މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ފުލަށް ދިޔައީ ވެލޯޒިޔާ އެވެ.

މި ހަތަރު ޓީމު ރެލިގޭޓްވިއިރު މުބާރާތުގެ ސެމީ ފައިނަލަށް ވެސް ވަނީ ހަތަރު ޓީމު ހޮވިފަ އެވެ. ގްރޫޕް އޭއިން އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ހޮވުނީ އަމިގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް އެވެ. ދެ ވަނަ ޓީމަކީ އޭވައިއެލް އާއި ވެލެންސިއާގެ ކުރީގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)ގެ ކޯޗުކަމުގައި ކުޅުނު މަހިބަދޫ ސްޕޯޓްސް އެވެ. ގްރޫޕް ބީން އެއްވަނަ ހޯދީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދުގެ ކޯޗުކަމުގައި ކުޅުނު ގްރީން ސްޓްރީޓެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ޒެފްރޯލް އެވެ.

މުބާރާތުގެ ފުރަަތަމަ ސެމީ ފައިނަލުގައި އަންގާރަ ދުވަހު ކުޅޭނީ އަމިގޯސް އާއި ޒެފްރޯލް އެވެ. ސެމީގެ ދެ ވަނަ މެޗުގައި ބުދަ ދުވަހު ކުޅޭނީ މަހިބަދޫ އާއި ގްރީން ސްޓްރީޓެވެ.

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ. ދެ ވަނަ ޓީމަށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ހަތް ވަނަ ޓީމާއެކު ޕްލޭއޯފް ކުޅެން ފުރުސަތު ލިބޭނެ އެވެ.