ޕާކިސްތާން

ޕާކިސްތާންގެ ސެނެޓްގެ ޗެއާމަން ރާއްޖެ ވަޑައިގެންފި

Oct 16, 2016

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދައުވަތަކަށް ޕާކިސްތާންގެ ސެނެޓްގެ ޗެއާމަން މިއާން ރަޒާ ރައްބާނީ ރާއްޖެ ވަޑައިގެންފި އެވެ. ރައްބާނީ ރާއްޖެ ވަޑައިގެންނެވީ ރޭގަ އެވެ.

ތިން ދުވަހުގެ ދަތުރުފުޅުގައި އޭނާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވާއިރު މާދަމާ އިސްލާމީ މަރުކަޒަށް ވެސް ވަޑައިގަންނަވާނެ އެވެ. ޕާކިސްތާންގެ ސެނެޓްގެ ޗެއާމަންގެ މިދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.

އޭނާ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހާއި އެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި އެހެން ބައެއް މެންބަރުންނެވެ.