ވިޔަފާރި

ބޯޓިން އެވޯޑު: ޑިޒައިން އެވޯޑަށް "ޓްއަރިން 38" އަދި "ސީ ޖަގުއާ"

Oct 17, 2016
  • ބޯޓިން އެވޯޑު އޮތީ އަންނަ މަހު
  • "އަވަސް" އޮންލައިން ޕާޓްނަރު
  • ސަފަރީ ބޯޓުތަކަށް 25 އެވޯޑު ދޭނެ

މޯލްޑިވްސް ބޯޓިން އެވޯޑުގެ " އަަހަރުގެ އެންމެ ފުރިހަމަ ބޯޓު ޑިޒައިން" ބަޔަކަށް ގަލްފް ކްރާފްޓުގެ ޓުއަރިން 38 އާއި އެޝިޔާ ޕެސިފިކް ޔޮޓްގެ ސީ ޖަގުއާގެ ވާދަވެރިންކަން ބޮޑު ވެއްޖެ އެވެ.

ބޯޓިން އެވޯޑަށް ވޯޓުލުމުގެ ފުރުސަތު މި މަހުގެ 22 އަށް ވަނީ ހުޅުވާލާފަ އެވެ.

ސަފާރީ އޮޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ ރަސްމީ އެވޯޑުގެ ގޮތުގައި "ޔުނިކާ" އިންތިޒާމު ކުރާ މި އެވޯޑަށް ވާދަކުރާ ގަލްފް ކްރާފްޓުގެ ޑިޒައިން ތަކަކީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ރާއްޖޭގެ ކަނޑުތަކާ ރައްޓެރި ފަރުމާ ތަކެކެވެ. އަދި ސީ ޖަގުއާއަކީ ލަގްޒަރީ ދަތުރުތައް ކުރުމަށް ފެންވަރު ރަނގަޅުކޮށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.

ބޯޓިން އެވޯޑަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ހާއްސަކޮށްގެން ދެމުން ގެންދާ އެންމެ ޝަރަފުވެރި އެވޯޑެވެ.

ބޯޓިން އެވޯޑު 25 ގިންތިއަކުން ދޭނެ

  • އެންމެ ފުރިހަމަ ސަފާރީ ބޯޓް ބަނދެފައިވާ ފަރާތް (ކުންފުނި)
  • އެންމެ ފުރިހަމަ ސަފާރީ ބޯޓް
  • އެންމެ ފުރިހަމަ ފައިބަރު އުޅަނދު (15-40 މީޓަރާއި ދެމެދު )
  • އެންމެ ފުރިހަމަ ފައިބަރު އުޅަނދު (5-24 މީޓަރާއި ދެމެދު )
  • އެންމެ ފުރިހަމަ ސެއިލިން ޔޮޓް (15-30 މީޓަރާއި ދެމެދު)
  • އެންމެ ފުރިހަމަ ބޯޓް ޑިޒައިން
  • އަހަރުގެ ސަފާރީ ބޯޓް އޮޕަރޭޓަރު (ރާއްޖޭގެ)
  • އަހަރުގެ ސަފާރީ ބޯޓް ބްރޭންޑް
  • އަހަރުގެ ޑައިވް ގައިޑް
  • އަަހަރުގެ ސާފް ގައިޑް
  • އަހަރުގެ މެރިން އިންޖީނު މަރާމާތު ކުރާ ފަރާތް
  • އަހަރުގެ ސަފާރީ ބޯޓް ކެޕްޓަން
  • އަހަރުގެ އެންމެ ފުރިހަމަ ބޯޓް ކްރޫއިން ތިބި ބޯޓް
  • އަހަރުގެ ބޯޓްޔާޑް
  • އެންމެ އެދެވޭ މެރިން އިންޖީނު މަރުކާ
  • އެންމެ އެދެވޭ މެރިން އިންޖީނު މަރުކާ
  • އެންމެ އެދެވޭ ޖަނަރޭޓަރު މަރުކާ
  • އަހަރުގެ އެންމެ މޮޅު މެރިން އިންޖީނު މަރުކާ
  • އެންމެ އެދެވޭ ޑައިވް އިކްއިޕްމަންޓް މަރުކާ
  • އެންމެ އެދެވޭ ޑައިވް ކޮމްޕްރެސަރު މަރުކާ
  • އެންމެ އެދެވޭ މެރިން ދަވާދު މަރުކާ
  • އަހަރުގެ ބަންކަރިން އަދި ފިއުލް ސަޕްލަޔަރު
  • އަހަރުގެ އެންމެ ފުރިހަމަ ސާފް ސަފާރީ ބޯޓް
  • އަހަރުގެ އެންމެ ފުރިހަމަ ޑައިވް ސަފާރީ ބޯޓް
  • އަހަރުގެ އެންމެ ފުރިހަމަ ފިޝިން ސަފާރީ ބޯޓް
  • އަހަރުގެ އެންމެ އެދެވޭ އިންޝުއަރެންސް ޕާޓްނަރު
  • އަހަރުގެ ބޯޓް އިންޑަސްޓްރީ ސަހްސިއްޔަތު/ ބޯޓް ޕާސަނަލިޓީ

ބޯޓިން އެވޯޑަކީ ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑު ދެނީ ކޮންމެ އަހަރަކު އެއް ފަހަރެވެ. މި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.