ވިޔަފާރި

މެރިން ޕެއިންޓް އެވޯޑުގައި "ސިގްމާ" އާއި "މެރިން ޕެއިންޓް"

Oct 20, 2016

މޯލްޑިވްސް ބޯޓިން އެވޯޑުގެ އަހަރުގެ އެންމެ މޮޅު މެރިން ޕެއިންޓް އެވޯޑަށް އެމްޓީސީސީގެ "ސިންމާ" މެރިން ޕެއިންޓާއި ސީގަލް މެރިންގެ "އިންޓަނޭޝަނަލް މެރިން ޕެއިންޓް" ވާދަ ކުރާނެ އެވެ.

ބޯޓިން އެވޯޑު އިންތިޒާމު ކުރާ "ޔުނިކާ" އިން ބުނީ މި އަހަރުގެ އެވޯޑަށް ވޯޓުލުމުގެ ފުރުސަތު 22 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، "ބޯޓިން އެވޯޑު" ވެބްސައިޓު މެދުވެރިކޮށް ވޯޓު ލެވޭނެ ކަމަށެވެ. މޯލްޑިވްސް ބޯޓިން އެވޯޑަކީ ސަފާރީ އޮޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ ރަސްމީ އެވޯޑެވެ.

ބޯޓިން އެވޯޑުގެ ޕާޓްނަރުން

  • މެއިން ސްޕޮންސަރު: ގަލްފް ކްރާފްޓް
  • ކޯ-ސްޕޮންސަރު: އެލައިޑް އިންޝުއަރެންސް
  • ކޯ-ސްޕޮންސަރު: އެފްއެސްއެމް
  • ކޯ-ސްޕޮންސަރު: އެމްޓީސީސީ
  • އެސޯސިއޭޓް ސްޕޮންސަރު: ވީއޭއެމްކޯ
  • ހޮޓެލް ޕާޓްނަރު: ޗަމްޕާ ހޮޓެލްސް
  • ޕްރިންޓް ޕާޓްނަރު: އެމް އެކްސް ސައިން
  • މީޑިޔާ ޕާޓްނަރު: ސަންގު ޓީވީ
  • މީޑިޔާ ޕާޓްނަރު: އަވަސް އޮންލައިން

ބޯޓިން އެވޯޑަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ހާއްސަކޮށް ސަފާރީ އިންޑަސްޓްރީއަށް ދޭ ހަމައެކަނި އެވޯޑެެވެ. މި އެވޯޑު 25 ކެޓަގަރީއަކުން ދޭނެ އެވެ.