ރިޔާޒް ރަޝީދު

މަޖިލީހުގެ ދެ ކޮމެޓީއަކުން ރިޔާޒް ރަޝީދު ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މުހިންމު ދެ ކޮމެޓީއަކުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ. ރިޔާޒް ވަކިވެ ވަޑައިގެންނެވީ 241 ކޮމެޓީ އަދި މިނިވަން މުއައްސަސާތަކާބެހެ ކޮމެޓީންނެވެ.

އަވަސް އާ ވާހަކަ ދައްކަވަމުން ރިޔާޒް މިރޭ ވިދާޅުވީ އެ ދެ ކޮމެޓީން ވަކިވެ ވަޑައިގެންނެވީ އެ ކޮމެޓީތަކުގައި މިވަގުތު ހުންނަވަން ބޭނުންފުޅު ނުވާތީ އާއި އިތުރު ފަރާތްތަކަށް ކޮމެޓީން ފުރުސަތު ދެއްވަން ބޭނުންފުޅުވާތީ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑު އިނދޭ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަދި މާލިއްޔަތު ކޮމެޓީގައި. ކޮންމެހެން ހުރިހާ ކޮމެޓީއެއްގެ ލީޑަޝިޕުން އުޅޭކަށް ނުޖެހޭތާ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެހެން ގިނަ ކޮމެޓީތަކަށް ބަދަލު ގެންނާނެ ކަމަށާއި ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކުގެ ވިސްނުންފުޅު ވެސް ހުރީ އެގޮތަށް ކަމަށެވެ.