ވިޔަފާރި

ބޯޓިން އެވޯޑް: ފައިބަރު އުޅަނދުގެ ބައިން ކުރީގައި އަލްޝާލީ

Oct 20, 2016
  • 15-25 މީޓަރުގެ ބައިގައި ގަލްފް ކްރާފްޓް
  • މި އުޅަނދުތައް ހަދާފައިވަނީ ފަސޭހަ ވާނެ ގޮތަށް
  • މި އެވޯޑަށް ގިނަ އުޅަނދު ތަކެއް ވާދަ ކުރި

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ ބޯޓިން އެވޯޑުގެ "އެންމެ ރަނގަޅު ފައިބަރު އުޅަނދު" އެވޯޑުގެ 15-40 ފޫޓުގެ ބައިގައި ވާދަކުރަނީ "އަލްޝާލީ މެރިން މޯލްޑިވްސް" ގެ ދެ އުޅަނދެވެ.

މޯލްޑިވްސް ބޯޓިން އެވޯޑު އިންތިޒާމު ކުރާ "ޔުނިކާ" އިން ބުނީ އެވޯޑުގައި ހިމެނޭ 15-40 ގެ އުޅަނދުގެ ބައިގައި ވާދަކުރަނީ އަލްޝާލީގެ ދޯންޏަކާއި ސީޖަގުއާ ކަމަށެވެ. މިގޮތުން އަލްޝާލީގެ ދޯންޏަކީ ރިސޯޓުތަކާއި އެހެން ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އުޅަނދެކެވެ. މި އުޅަނދަށް ޓޫރިޒަމް ދާއިރާގައި އެކްސްކާޝަންގެ ހިދުމަތްދޭ ކުންފުނިތަކުން ތަރުހީބު ލިބެ އެވެ. ދެން އޮތީ މި ކުންފުނިން ބޭނުންކުރާ ސީޖަގުއާ އެވެ.

15-25 މީޓަރުގެ ބައިގައި ގަލްފް ކްރާފްޓް

ބޯޓިން އެވޯޑުގެ "އެންމެ ރަނގަޅު ފައިބަރު އުޅަނދު" އެވޯޑުގައި ހިމެނޭ 15-25 މީޓަރުގެ ބައިގައި ވާދަކުރަނީ ގަލްފް ކްރާފްޓުގެ ޓުއަރިން 38 އަދި ރީތި 1 އެވެ. އަދި އަލްޝާލީ މެރިން މޯލްޑިވްސްގެ ކެނާރީ 24 އެވެ. މި އުޅަނދު ވަނީ ނިމިގެން ދިޔަ މޯލްޑިވްސް މެރިން އެކްސްޕޯގައި ދައްކާލަން ބަހައްޓާފަ އެވެ.

ބޯޓިން އެވޯޑު އޮތީ އަންނަ މަހު އެވެ. މި އެވޯޑަށް ވޯޓު ދިނުމުގެ ފަހުގެ ތާރީހަކީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެވޯޑުގެ އޮންލައިން ޕާޓްނަރަކީ "އަވަސް" އެވެ.