ހަބަރު

24 ގަޑިއިރު ވީއިރުވެސް ސްނޯކްލިންއަށް ދިޔަ ޓޫރިސްޓުން ނުފެނޭ

މަކުނުދޫ ރިސޯޓުން ސްނޯކަލިންއަށް ދިޔަ ދެ ޓޫރިސްޓެއްގެ ހަބަރެއް ނުވެގެން ހޯދަން ކޯސްގާޑުން ކުރަމުން އަންނަ މަސައްކަތަށް 24 ގަޑިއިރު ވީއިރުވެސް އެ ދެ މީހުން ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އޮފިޝަލެއް ވިދާޅުވީ ސްނޯކްލިންއަށް ދިޔަ ދެ ފަތުރު ވެރިން ހޯދުމަށް ވައިގެމަގުންނާއި އަދި ކަނޑުގެ ސަރަހައްދުން ހުއްޓުމެއް ނެތި ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ދެމީހުން ފެނިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މަކުނުދޫ ރިސޯޓުން ގެއްލުން ދެ ޓޫރިސްޓުންނާ ބެހޭ އިތުރު މައުލުމާތެއް ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް މިފަހުން ސްނޯކްލިންއަށް ގޮސްގެން އުޅުން 35 އަހަރުގެ މީހެއް ގެއްލިގެން ހޯދާތާ ދުވަހެއް ފަހުން 17 މީޓަރު އަޑީގައި މަރުވެފައި އޮއްވާ ފެނުނެވެ.