ފިނިޕޭޖް

ޗައި ވާލާ ފިލްމު ކުޅޭކަށް ބޭނުމެއް ނުވޭ!

ޗައި ވާލާ ނުވަތަ ސައި ވިއްކަން އުޅޭ މީހާގެ ނަމުގައި އިންޓަނެޓު "ފަޅާލައި" މިހާރު މަޝްހޫރުވެފައިވާ އަރްޝަދު ހާންގެ ފޮޓޯ އިންޓަނެޓުގެ ތެރެއަށް ބޯ ހިއްލާލިއިރަށް އޭނާ ދިމާއަށް އޮހެންފެށި ވާހަކައަކީ ބޮލީވުޑުގެ ތެރެއަށް އަރްޝަދު ނެރެންޖެހޭ ކަމަށެވެ. ފިލްމް އިންޑަސްޓްރީގައި އޭނައަށް މުސްތަގްބަލް އެބައޮތް ކަމަށެވެ.

އިންޓަނެޓުގައި ފޮޓޯ އާންމުވިތާ 24 ގަޑިއިރުގެ ތެރޭގައި ނޫކުލައިގެ ކަޅީގެ ވެރިޔާއަށް ވަނީ މޮޑެލް ކުރަން ފުރުސަތު ލިބިފަ އެވެ. އެފުުރުސަތުގެ ބޭނުން އޭނާ ހިފާފައިވާއިރު އެންމެ ފަހުން ބޮލީވުޑުންވެސް އަރްޝަދަށް ފުރުސަތު ލިބުނީ އެވެ. އެންމެންވެސް ތިބީ އެއީ ކޮން ފިލުމެއް ތޯ އާ ފިލްމު ބަލާލަން ލިބޭނެ ތާރީހެއް އާންމުކުރާނެ ކަމަށް އިންތިޒާރުގަ އެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އުމުުރުން 18 އަހަރުގެ އަރުޝަދު ފިލްމީ ދާއިރާއަށް ވަންނާކަށް ބޭނުމެއް ނުވި އެވެ. އެ ދާއިރާގައި އޭނާގެ އެއްވެސް ޕްލޭން އެއް ނެތެވެ.

"އަހަރެން ދުވަހަކުވެސް ނުވިސްނަން ފިލްމު ކުޅުމާ މެދުއެއް. އާއިލާގައި އެއްވެސް މީހަކު ކުރި ކަމެއް ނޫން އެއީ. ފިލްމު ކުޅުމަކީ އަބުރުވެރި މަސައްކަތެއް ނޫން. އަހަރެން ކުރިއަށްދާން ބޭނުންވަނީ އެފަދަ ދާއިރާއަކުން" އަރްޝަދު ބުނެފައިވެ އެވެ.

ފިލްމީ ދާއިރާއަށް ނުވަތަ ބޮލީވުޑަށް އަރްޝަދު ނޫނެކޭ ބުނެފައިވަނީ އިންޑިއާއިން ޕާކިސްތާނުގެ ގިނަ ތަރިންތަކެއްގެ މަންޒަރުތައް ފިލްމު ޕްރޮޑިއުސަރުންނަށް އަންގާފައި ވަނިކޮށެވެ. އެހެން ކަމުން ބޮލީވުޑަސް އަރުޝަދު ނުކުތް ނަމަވެސް ދަތިތަކެއް އޭނާއަށް ކުރިމަތިވުން ގާތެވެ.

"އަހަންނަކަށް ނޭނގެ އަހަންނަކީ އެހާ ރީތީ މީހެއް ކަމެއް މީގެކުރިން. މިހާރު އަހަރެންގެ ފޮޓޯ ނަގާ ވީޑިއޯ ކުރަން މީހުންތައް އައިސް ގޭދޮށް އޮންނަނީ ފުރިފައި" ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދިރިއުޅުމަށް އައި ބަދަލުތައް ހިއްސާކުރަމުން އަރުޝަދު ބުންޏެވެ.