ވިޔަފާރި

ބޯޓިން އެވޯޑްގެ މަގުބޫލު ފިޝިން ސަފާރީ ލިސްޓުގައި ކެތި، ގަހާ އަދި ޑޮލްފިން

Oct 22, 2016

މި އަހަރު ބާއްވާ "މޯލްޑިވްސް ބޯޓިން އެވޯޑްސް 2016" ގެ އެންމެ މަގުބޫލު ފިޝިން ސަފާރީގެ ބައިގައި، "ކެތި" އާއި "ގަހާ" އަދި "ޑޮލްފިން" ސަފާރީ ވާދަ ކުރަން ފަށައިފި އެވެ.

މޯލްޑިވްސް ބޯޓިން އެވޯޑު އިންތިޒާމުކުރާ ޔުނިކާއިން ބުނީ ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ ރަސްމީ އެވޯޑުގެ ގޮތުގައި ސަފާރީ ބޯޑު ފަހަރަށްދޭ މި އެވޯޑުގެ "އެންމެ މަގުބޫލު ފިޝިން ސަފާރީ" ގެ ބައިގައި ހިމެނޭ "ގަހާ" އަދި "ކެތި" އަކީ ވޮއެޖަސްގެ ދެ ސަފާރިީ އެވެ. އަދި "ޑޮލްފިން" އަކީ ބްލޫކޭ ސަފާރީން އޮޕަރޭޓް ކުރާ ސަފާރީ އެކެވެ.

ސަފާރީއަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު އެއް ބައެވެ. މިގޮތުން ސަފާރީތަކުގައި އާއްމު ގޮތެއްގައި ޓޫރިސްޓުން ހަފުތާއެއް ހޭދަކުރެ އެވެ. ސަފާރީތައް ގއ. އާއި ވ. އަތޮޅުގެ އެކި ހިސާބުތަކަށް ގިނަ އަދަދަކަށް ދަތުރުކުރެ އެވެ.

ބޯޓިން އެވޯޑަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ހާއްސަކޮށް ސަފާރީ އިންޑަސްޓްރީއަށް ދޭ ހަމައެކަނި އެވޯޑެެވެ. މި އެވޯޑު 25 ކެޓަގަރީއަކުން ދޭނެ އެވެ. މި އެވޯޑަށް އޮންލައިންކޮށް ވޯޓު ދެވޭއިރު، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލާނެ އެވެ. އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގަ އެވެ.