ވިޔަފާރި

ބޯޓިން އެވޯޑުގެ ކުލަގަދަ ރަސްމިއްޔާތު އަންނަ މަހަށް

Oct 24, 2016
  • 25 ކެޓަގަރީއަކުން އެވޯޑު ދޭނެ
  • މެރިން ދާއިރާގެ ހަމައެކަނި އެވޯޑް
  • ކޮންމެ އަހަރަކު ދޭ އެވޯޑެއް

"މޯލްޑިވްސް ބޯޓިން އެވޯޑްސް 2016" ދިނުމުގެ ރަސްމިއްޔާތު ބާއްވާނީ އަންނަ މަހުގެ 25 ވަނަ ދުވަހު ކަމަށް އެވޯޑު އިންތިޒާމުކުރާ ޔުނިކާ އިން ބުނެފި އެވެ.

ޔުނިކާ އިން ބުނީ ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ އޮފިޝަލް އެވޯޑުގެ ގޮތުގައި އިންތިޒާމުކުރާ މޯލްޑިވްސް ބޯޓިން އެވޯޑު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

ބޯޓިން އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ނިމިފަ އެވެ.

މޯލްޑިވްސް ބޯޓިން އެވޯޑަކީ ސަފާރީތަކާއި ސަފާރީތަކަށް ހިދުމަތްދޭ އެކި ވިޔަފާރިތަކަށް، އަދި މެރިން އިންޑަސްޓްރީއަށް ހުޅުވާލައިގެންދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮތީ ޗަންޕާ ސެންޓްރަލް ހޮޓެލްގަ އެވެ.

ބޯޓިން އެވޯޑުގެ ޕާޓްނަރުން

  • މެއިން ސްޕޮންސަރު: ގަލްފް ކްރާފްޓް
  • ކޯ-ސްޕޮންސަރު: އެލައިޑް އިންޝުއަރެންސް
  • ކޯ-ސްޕޮންސަރު: އެފްއެސްއެމް
  • ކޯ-ސްޕޮންސަރު: އެމްޓީސީސީ
  • އެސޯސިއޭޓް ސްޕޮންސަރު: ވީއޭއެމްކޯ
  • ހޮޓެލް ޕާޓްނަރު: ޗަމްޕާ ހޮޓެލްސް
  • ޕްރިންޓް ޕާޓްނަރު: އެމް އެކްސް ސައިން
  • މީޑިޔާ ޕާޓްނަރު: ސަންގު ޓީވީ
  • މީޑިޔާ ޕާޓްނަރު: އަވަސް އޮންލައިން

މޯލްޑިވްސް ބޯޓިން އެވޯޑު 25 ކެޓަގަރީ އަކުން އެވޯޑު ދޭނެ އެވެ. މި އެވޯޑަކީ ކޮންމެ އަހަރަކު އެއް ފަހަރު ދޭ އެވޯޑެކެވެ.