އާމިރު ޚާން

އާމިރް ޚާން "ޖޯޝް" ނުކުޅުނީ ޝާހްރުކްއާ ހެދި

Oct 25, 2016

ދެހާސް ވަނަ އަހަރު ނުކުތް މަންސޫރް ޚާން ޑައިރެކްޓްކުރި "ޖޯޝް" އިން ފުރުސަތެއް ލިބުނު ނަމަވެސް އެ ރޯލު އާމިރް ޚާން ދޫކޮށްލީ އެ ފިލްމުގެ ލީޑްރޯލު ޝާހްރުކް ޚާން ކުޅޭތީ އެވެ.

އަށާރަ ވަނަ މާމީ ފިލްމު ފެސްޓިވަލްގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން މަންސޫރް ވަނީ އެފިލްމުގެ ލީޑް ބަތަލުންގެ ރޯލަށް އެންމެ ކަމުދާ ތަރިންނަކީ ޝާހްރުކާއި އާމިރް ކަމަށް ބުނެފަ އެވެ.

އާމިރަށް މިފިލްމުން ހުށަހަޅާފައިވަނީ ވަރަށް މަޑުމައިތިރި ލޯބިވެރިއެއްގެ ރޯލު ކުޅޭށެވެ. ނަމަވެސް ޝާހްރުކް މިފިލްމުގައި ކުޅުނު މެކްސް ކިޔާ ނުބައިބައި ރޯލަކީ އާމިރް ވެސް ކުޅެން ބޭނުންވި ރޯލެވެ.

"އާމިރް ބޭނުންވީ އޭނާ ކުޅެމުން އައި ފިލްމުތަައް ތަފާތުކޮށްލަން އެރޯލު ކުޅެން. އެކަމަކު އަނެއް ރޯލު ހުށަހެޅީމަ އޭނާ ބޭނުންނުވީ ކުޅެން". މަންސޫރް ބުނެފައިވެ އެވެ.

މިފިލްމުގައި ކޮންމެ އެކްޓަރެއް ވެސް ކުޅެން ބޭނުންވީ ޝާހްރުކް ކުޅެފައިވާ މެކްސްގެ ރޯލު ކަމަށް ބުނަމުން މަންސޫރް ވަނީ ޝާހްރުކްގެ ދައްތަގެ ރޯލު ބަތަލާ ކާޖޮލް އަށް ހުށަހެޅުމުން ފިލްމުގެ ސްކްރިޕްޓް ކިޔާފައި އޭނާ ވެސް ބޭނުންވީ މެކްސްގެ ރޯލު ކަމަށް ބުނެފަ އެވެ.

މަންސޫރް ޚާނަކީ އާމިރްގެ ބޮޑުބޭބެ އެވެ. އާމިރް ވަނީ މަންސޫރް ޑައިރެކްޓްކޮށް 1998 ވަނަ އަހަރު ނިކުތް "ގަޔާމަތް ސޭ ގަޔާމަތް ތަކް" ގެ ބަތަލުގެ ރޯލުން ފެނިގެން ގޮސްފަ އެވެ.