ރާއްޖެ ކުޅިވަރު

ޓޮމްގެ އެކްސްކޯ ރަސްމީކޮށް އިއުލާންކޮށްފި

އަހުމަދު ތޯރިގު ޓޮމް: މިރޭ އޭނާގެ ޓީމް އިއުލާން ކުރެއްވި --
0%
0%
0%

ފުޓްބޯޅަ އެސޯސިއޭޝަނުގެ ކުރިމަތިލެއްވި ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ހުށަހަޅުއްވާ އެކްސްކޯ ރަސްމީކޮށް އިއުލާންކޮށްފި އެވެ. ޓޮމް އެކްސްކޯ އިއުލާން ކުރި އިރު އަންނަ މަހު 20 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ޓޮމްއަށް އަށް ތާއީދު ކުރާކަން ތިން ޑިވިޝަންގެ 21 ކުލަބަކުން ވަނީ ބުނެފަ އެވެ.

އެފްއޭއެމްގައި ހުންނަވައިގެން ފުޓްބޯޅައަށް ބަދަލުތަކެއް ގެނެސް ދެއްވި ޓޮމްގެ އެކްސްކޯގައި އޭނާގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ހަމަޖައްސާފައިވަނީ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. ވައިސް ޕްރެޒިޑެންޓަކަށް އީގަލްސްގެ ޗެއާމްން އަހުމަދު ޝިޔާމެވެ.

ކުރީގެ ގައުމީ ފޯވަޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމްގެ ނުވަ މެމްބަރުން ތިއްބަވާ އެކްސްކޯއި ދެން ހިމެނެނީ ވިކްޓަރީގެ ބޯޑު މެމްބަރު އިބްރާހީމް ނަޒީމާއި ޖޭޖޭ ސްޕޯޓްސް ކުލަބުގެ ރައީސް އިބްރާހީމް ޝުޖާއު އާއި އިސްމާއީލް ޒިޔާމް އާއި މަހިބަދޫގެ ސްޕޯޓްސްގެ ދެ ބޯޑު މެމްބަރުން ކަމަށްވާ އައިޝަތު ރޯޒާ އާއި އެ ޓީމުގެ މެނޭޖަރު އަހުމަދު އަނީސް އަދި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބުދުލް ވައްހާބެވެ.

އެފްއޭއެމުގެ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވަނީ އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ.

އެފްއޭއެމުގެ އާ އިންތިހާބެއް މިބާއްވަނީ ޓޮމް އެފްއޭއެމް ހިންގި ގޮތާމެދު އެކްސްކޯގެ ފަސް މެމަބަރަކު ހިތްހަމަނުޖެހިގެން އިސްތިއުފާދީ ޓޮމްގެ މަގާމުގެ ބާރު ކެނޑިގެން ދިއުމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910