"ސްޓްރީޓް ކިންގް"ގެ ނަމުގައި ޔަމަހާ ޖުޕިޓާ ސައިކަލުގެ ލިމިޓެޑް އެޑިޝަންއެއް ވަރަށް ތަފާތު ކުލަތަކަކާއެކު އެލިއާ އިންވެސްޓްމެންޓްސްއިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
"ސްޓްރީޓް ކިންގް" އަކީ މިހާރު ވެސް ރާއްޖޭގައި ވިއްކަމުންދާ ވަރަށް މަގުބޫލު ސައިކަލެކެވެ. ނަމަވެސް މިރޭ އެލިއާއިން ތައާރަފްކޮށްފައިވާ ކުލަތަކުގެ ސައިކަލަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވުނު ކުލަތަކެކެވެ. މީގެކުރިން ވެސް ރަތާއި ހުދު އަދި ކަޅު ކުލައިގެ "ސްޓްރީޓް ކިންގް" ރާއްޖޭގެ މާކެޓަށް ވަނީ ތައާރަފްކޮށްފަ އެވެ.
މިރޭ ތައާރަފް ކޮށްފައިވާ "ސްޓްރީޓް ކިންގް" ގެ ކުލަތަކަކީ މެޓް ބްލެކާއި ޕާޕްލިޝް ބުލޫ އާއި ސިލްވާ އަދި މެޓް ރެޑެވެ.
މިރޭ މި ސައިކަލް ތައާރަފްކޮށްފައިވާއިރު، މި ސައިކަލު ތައާރަފުކުރުމަށް ބާއްވާ ހާއްސަ ޕުރޮމޯޝަން މާދަމާގެ ހަވީރު 5:00 އިން ރޭގަނޑު 10:00 އަށް އެލިއާ ޝޯރޫމްގައި ކުރިއަށް ދާނެއެވެ. ސައިކަލް ގަތުމަށް ދެ ގޮތެއް އެލިއާއިން ވަނީ ހަމަޖައްސާފަ އެވެ. އެއީ ޑައުންޕޭމަންޓަށް އެއް ރުފިޔާ ދެއްކުމަށްފަހު 36 މަހަށް ޕޭމަންޓް ބަހާލުމެވެ. އަނެއް ގޮތަކީ ޑައުންޕޭމަންޓަށް 10،600 ރުފިޔާ ދެއްކުމަށްފަހު ޕޭމަންޓް 36 މަހަށް ބަހާލުމެވެ.
އެލިއާއިން މި ތައާރަފު ކުރި ސައިކަލަކީ އެންމެ ފަހުގެ ފީޗާސްތައް ހިމަނައިގެން އުފައްދާފައިވާ ޒަމާނީ ސައިކަލެކެވެ. މި ސައިކަލުގެ ޓަޔަރު ޓިއުބްލެސް ވުމުގެ އިތުރުން ދެ ފުރޮޅުގައި ޑިސްކް ބުރޭކް ހަރުކޮށްފައި ވެއެވެ.
މީގެ އިތުރުން އެނަލޮގް އަދި ޑިޖިޓަލް ފީޗާސްގެ ސަބަބުން ސައިކަލުގެ ވެރިފަރާތުގެ ނަން މީޓަރަށް އަރުވާލުވެ އެވެ. އަދި ސައިކަލުގެ ބޮޑީ ބައްޓަން ތަފާތުކަން ހާމަކޮށްދޭ އޭރޯ ޑައިނެމިކް ޑިޒައިން ހާމަކުރާ މައިގަނޑަކީ ފިރިހެނުންނަށް ހާއްސަ ޑިޒައިނެކެވެ.
މި ޕްރޮމޯޝަން ތެރޭން ގަންނަ ކޮންމެ ސައިކަލަކަށް 5000 ރުފިޔާއާއި ހަމައަށް ޑިސްކައުންޓް ހަމަޖެހިފައިވެ އެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ތަފާތު ވަކި ވަކި ހަދިޔާއެއް ލިބިގެން ދާނެ ކަމަށް އެލިއާއިން ބުންޏެވެ.