ދުނިޔެ

ދެގަޑިއިރު ތެރޭގައި އިޓަލީއަށް ބާރުގަދަ ދެ ބިންހެލުން

Oct 27, 2016

ދެ ގަޑިއިރު ތެރޭގައި އިޓަލީއަށް ބާރުގަދަ ދެ ބިންހެލުމެއް އައިސް އިމާރަތްތަކަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ އެވެ.

ފުރަތަމަ ބިންހެލުން އައިސްފައިވަނީ އިޓަލީ ގަޑިން ރޭ 7:10 ގައެވެ. އެއީ 5.4 ގެ ބާރުމިނުގައި އައި އެ ބިން ހެލުމެކެވެ. އެ ހެލުމުގައި އިމާރާތްތަކަށް ވަރަށް ބޮޑަށް ގުޑުންއެރި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި އޭގެ ދެ ގަޑިއިރު ފަހުން އައި ލޮޅުމާއި ގުޅިގެން ވަނީ ބައެއް އިމާރާތްތައް ވެއްޓި މީހުންނަށް ކޮންމެ ވެސް ވަރަކަށް އަނިޔާވެފަ އެވެ.

ނަމަވެސް ބިން ހެލުމާއި ގުޅިގެން އެއްވެސް މީހަކު މަރުވި ކަމަކަށް މީޑިއާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައެއް ނުވެއެވެ.

އިއްޔެ އެގައުމަށް ބާރުގަދަ ދެ ލޮޅުމެއް އައިސްފައިވާއިރު، މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އިޓަލީއަށް އައި ބިންހެލުމަކާއި ގުޅިގެން ވަނީ 300 މީހުން މަރުވެފަ އެވެ.