ބޮލީވުޑް

ޗުއްޓީ ހޭދަކޮށްލަން އަކްޝޭ އާއިލާ ގޮވައިގެން ރާއްޖެ އަތުވެއްޖެ

Oct 29, 2016
2

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރީ އަކްޝޭ ކުމާރާއި، އަންހެނުން ޓްވިންކަލް ޚަންނާ އާއިލާއާއެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

މި ދެތަރިން އާއިލާއާއެކު ރާއްޖެއައިސްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. މި ދަތުރަކީ ދިވާލީ އާ ގުޅިގެން ޗުއްޓީ ހޭދަކޮށްލަން ކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވެ އެވެ. މި ދެތަރަިންނަނީ މުޅި ބޮލީވުޑްގައިވެސް އެންމެ ފުރިހަމަ ދިވާލީ ޕާޓީ ދޭ ތަރިންކަމަށްވެސް ވެ އެވެ.

މި ދެތަރިންގެ ދަރިން ކަމަށްވާ އާރާވް އަދި ނިތާރާއާ އެކީ މުމްބާއީ އެއާޕޯޓުގައި ތިބި ފޯޓޯތަކެއްވެސް އިންޓަނެޓުގައިވަނީ އާންމުވެފަ އެވެ.

މި ދެތަރިން ރާއްޖެއައިސް ތިބީ ކޮން ރިސޯޓެއްގައި ކަމެއް އަދި އެނގިފައެއް ނުވެ އެވެ. މިދެތަރިން ރާއްޖެ އައިސްފައިވަނީ ހަފްތާއެއްގެ މުއްދަތަކަށް ކަމަށްވެ އެވެ.

އަކްޝޭ މިހާރު ދަނީ ޖޯލީ އެލްއެލްބީ 2 އަދި ނާމް ޝަބާނާގެ ޝޫޓިންތައް ކުރިއަށް ގެންދަމުންނެވެ. އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެންދާނެ ކަމަށްވަނީ ޖޯލީ އެލްއެލްބީ 2 އިންނެވެ.