ބޭރު ކުޅިވަރު

ގޯލް ނުޖެހޭތީ ރޮނާލްޑޯ ރުޅި އަތުވެއްޖެ!

Oct 29, 2016
2

ދެހާސް ނުވަ ވަނަ އަހަރު ރޮނާލްޑޯ ރެއާލްއާ ގުޅުނު ފަހުން މިއި ސީޒަންގެ ކުރީ ކޮޅު މީހާތަނަށް އެންމެ މަދުން އޭނާ ގޯލް ޖަހާފައިވާ ސީޒަނެވެ. ރެއާލް އެންމެ ފަހުން ކުޅުނު 20 މެޗްގައި ރޮނާލްޑޯ އަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. އަދި ދުނިޔޭގެ މީޑިއާގައި "ގޯލް މެޝިންގެ ގޮތުގައި" ލޭބަލް ކޮށްފައިވާ ކުޅުންތެރިޔާއަށް މިސީޒަންގައި ޖެހިފައިވަނީ އެންމެ ހަތަރު ލަނޑެވެ.

މިރޭ ޑިޕޯޓިވޯ އަލްވޭސް އާ ދެކޮޅަށް ކުޅޭ މެޗްގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ލިބުނު ފުރުސަތުތަކުގައި ގޯލް ނުޖެހޭތީ ރޮނާލްޑޯ ވެސް ހުރީ ހިތްމަ ނުޖެހިފައި ކަމަށެވެ.

ޗެމްޕިއަންސް ލީގްގައި އެންމެ ފަހުން ލީގާ ވާސޯއާ ދެކޮޅަށް ކުޅުނު މެޗްގައި ލަނޑު ޖަހާނެ ތިން ފުރުސަތެއް ރޮނާލްޑޯއަށް ލިބުނު ނަމަވެސް އޭނާ އަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑކެވެ. ނަމަވެސް އޭނާ ވަނީ އެ މެޗްގައި ލަނޑު ޖަހަން އެހެން ކުޅުންތެރިނަށް އެސިސްޓް ކޮށްދީފަ އެވެ. ރޮނާލްޑޯއަށް ލަނޑު ނުޖެހުމުން، އެންމެ ފަހު އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗްގައި ރެއާލްގެ ސަޕޯޓަރުންގެ ފާޑު ކިޔުންތައް ރޮނާލްޑޯ އަށް އަމާޒުވި އެވެ.

ޒިދާން ބުނީ ރޮނާލްޑޯއަށް ފާޑު ކިޔުން އަމާޒުވަނީ މީގެ ކުރިން އޭނާއަކީ އެންމެ ޓޮޕް ކުޅުންތެރިޔާ އަށް ވުމުން ކަމަށެވެ. އޭނާ ބުނ ރޮނާލްޑޯ ވަނީ އޭނާގެ ލެވަލް އެންމެ މަތިކޮށްފައި ކަމަާއ އޭނާ ލަނޑު ޖަހައިފިނަމަ ސަޕޯޓަރުން ހައިރާން ކޮށްލާ ކަމަށެވެ. އެހެންވެ ސަޕޯޓަރުން އޭނާގެ ފަރާތުން ވަރަށް މަތީ އުންމީދެއް ވެސް ކުރާ ކަމަށެވެ.

ޒިދާން ބުނީ ލަނޑު ނުޖެހުމުން ރޮނާލްޑޯ މާޔޫސް ނުވާ ކަމަށާއި ނަމަވެސް އެކަމާ އޭނާ ރުޅި އަންނަ ކަމަށެވެ.

"އޭނާ ހުރީ ކަންބޮޑުވެފަ ނުވަތަ މާޔޫސް ވެފައެއް ނޫން، ނަމަވެސް އޭނާ ހުރީ ރުޅި އައިސްފައި ކަމަށް ބެލެވެނީ. އާދައިގެ މަތިން އޭނާ ގޯލް ޖަހަން ބޭނުންވާނެ، އޭނާ ކުރި މަސައްކަތް އަދި އޭނާ މީގެ ކުރިން ކޮށްފައިވާ މަސައްކަތް ވަރަށް ފުރިހަމަ."