ހަބަރު

ގާނޫނާ ހިލާފަށް ކުރި ކަމެއް ރައީސް އަރިހު އިމްރާން ވިދާޅެއް ނުވޭ: މުއާޒު

Mar 5, 2015

ރައީސް އަބްދުﷲ ޔާމީނާއެކު އަދާލަތުގެ ލީޑަޝިޕުން ބޭއްވި ބައްދަލުވުމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާއަކުން ގާނޫނު އަސާސީ އާއި އިސްލާމް ދީނާ ދީނާއި ހިލާފު ކަމެއް ކުރާ ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ލީޑަރުން ވިދާޅު ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އަދާލަތު ޕާޓީން ކަންކޮށްފައި ވަނީ ދެރަކޯށް ކަމަށައި އެ ޕާޓީގެ ބައެއް ލީޑަރުން މީޑީއާގައި ވަކި ގޮތަކަށް ވާހަކަތައް ދައްކަވާއިރު ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމުގައި އެފަދަ އެއްވެސް ވާހަކައެއް ފާހަގައެއް ނުކުރާ ކަމަށެވެ.