ދުނިޔެ

މޫސަލް ފަތަހަ ކުރުމަށްފަހު ކުރުދީން ވަކި ދައުލަތެއް އުފައްދަނީ!

Oct 29, 2016

އިސްލާމިކް ސްޓޭޓްގެ ބާރުގެ ދަށުގައި އޮތް އިރާގްގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ އެގޫޕްގެ އަތް ދަށުން މިނިވަން ކުރުމަށްފަހު ކުރުދީން ވަކި ދައުލަތެއް އުފެއްދުމުގެ މަޝްވަރާތައް ފަށާނެ ކަމަށް އިރާގްގެ ސަރަހައްދީ ސަރުކާރުގެ ބޮޑުވަޒީރެއް ކަމަށްވާ މަސްއޫދު ބަރުޒާނީ ވިދާޅުވެއްޖެއެވެ.

މޫސަލް އައިއެސްގެ އަތް ދަށުން މިނިވަން ކުރުމަށް އިރާގްގެ އަސްކަރިއްޔާ އާއި އެމެރިކާގެ އަސްކަރީ ކޯލިޝަނުން ދަނީ ހަނގުރާމަ ކުރުމުންނެވެ.

ޖަރުމަންގެ ދުވަހު ނޫހެއް ކަމަށްވާ "ބިލްޑް" އަށް ދިން އިންޓަވިއުގައި ބަރުޒާނީ ވިދާޅުވީ އައިއެސްގެ ބާރުގެ ދަށުން މުސަލް މިނިވަން ކުރުމަށްފަހު ކުރުދީންގެ ސަރުކާރެއް އުފެއްދުމާ ގުޅޭ މަޝްވާރަތައް މައި ސަރުކާރާއެކު ކުރުމަށްޓަކައި ވެރިރަށް ބަގުދާދަށް ދާނެ ކަމަށެވެ.

"މިކަމަށް ޓަކައި އަހަރެމެން ތިބޭތާ ގިނަ އަހަރުތަކެއް ވެއްޖެ 2003 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އަހަރެމެން ހީކުރިން މިކަން ވާނެ ކަމަށް، އެހެން ނަމަވެސް މިކަމެއް ނުވި،" ބަރުޒާނީ ވިދާޅުވިއެވެ.

ނަވާރަސަތޭކަ ނުވަދިހަ އެއްވަނަ އަހަރުން ފެށިގެން ކުރުދީން ވަކި ދައުލަތެއް އުފެއްދުމުގެ ވާހަކަތައް ފެށިގެން ދިޔައެވެ. މިއަހަރު ފެބްރުއަރީ މަހު ބަރުޒާނީގެ ދެބެންދެދަރި އާއިލާގެ މެންބަރުން ވަނީ އިރާގްގެ އުތުރު ސަރަހައްދު ވަކި ދައުލަތެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އިރާގްގެ މައި ސަރުކާރުން ވަނީ އެކަން ހުއްޓުވާފައެވެ.