ބޭރު ކުޅިވަރު

ފުޓްބޯޅައިގެ އެންމެ ބޮޑު ބަޖެޓް ބާސާއިން ކަނޑައަޅައިފި

Oct 29, 2016
1

މި ސީޒަނަށް 695 މިލިއަން ޔޫރޯގެ ބަޖެޓެއް ފާސްކޮށް، ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ބާސާއިން ފާސްކޮށްފި އެވެ.

މިއަހަރުގެ ބަޖެޓް ފާސް ކުރުމަށް މިއަދު ބޭއްވި ބާސާގެ އެސަމްބްލީގެ ޖަލްސާގައި ބަޖެޓް ޕްރަޕޯސަލް ބަލައި ނުގަތުމަށް 46 ފަރާތަކުން ވޯޓް ދިން އިރު ބަޖެޓާ ދެކޮޅަށް ވޯޓް ދީފައިވަނީ 45 ފަރާތަކުންނެވެ. އަދި ބަޖެޓް ފާސްވީ 771 ވޯޓް ލިބިގެންނެވެ.

ބާސާގެ ޗީފް އެގްޒެކެޓިވް އޮސްކާ ގްރަން ވިދާޅުވީ މިއީ ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓް ކަމަށެވެ.

މިއަހަރުގެ ބަޖެޓް މިހާ ބޮޑުވީ ބާސާގެ ސީނިއާ ޓީމުގެ ހިމެނޭ ކުޅުންތެރިންގެ އެއެްބަސްވުން އާ ކުރުމަށެވެ. އަދި ބާސާގެ އާ ސްޓޭޑިއަމް އިމާރާތް ކުރުމުގެ ޕްލޭން ކަނޑައެޅިފަވާ ޝެޑިއުލާ އެއްގޮތަށް ނުދާތީ އެކަންތައް ހަރުދަނާ ކުރުމަށެވެ.

ބާސާގެ އިގްތިސޯދީ ކޮމިޝަންގެ ރައީސް ކާލޯސް ޓަސްކްއެޓްސް ވިދާޅުވީ ކުޅުންތެރިންގެ އެއްބަސްވުން އާ ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސާއިރު ބާސާއަށް ފައިސާ ވަންނާނެ އިތުރު ގޮތްތަކެއްވެސް ހޯދަން ޖެހޭ ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދޭނެ އިތުރު ގޮތްތަކެއް ހަމަނުޖައްސައިފިނަ ބާސާގެ ބަޖެޓަށް ނުރައްކާ ވާާނެ ކަމަށް ޓަސްކްއެޓްސް ވިދާޅުވިއެވެ.