ދުނިޔެ

ގޯސް މައުލުމާތު ދީގެން ޕާކިސްތާންގެ މިނިސްޓަރަކު މަގާމުން ދުރުކޮށްފި

Oct 30, 2016
1

ޕާކިސްތާންގެ އަސްކަރިއްޔާއިން ސިއްރުވެރި ގޮތެއްގައި ހަނގުރާމަވެރި ގުރޫޕްތަކަށް އެހީތެރިވަމުންދާ ކަމުގެ މައުލުމާތު ދިނުމުން ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރު ޕެރަވައިޒު ރާޝިދު މަގާމުން ދުރުކޮށްފި އެވެ.

"މިހާތަނަށް ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެ މައުލޫމާތުތައް ފޯރުކޮށްދީފައިވަނީ އިންފޮމޭޝަން މިނިސްޓަރުގެ ފަރާތުން އޭނާ މަގާމުން ވަކިކޮށްފައިވަނީ މިނިވަން ކަމާއެކު އެކަން ތަފުސީލީ ގޮތެއްގެ މަތިން ތަހްގީގު ކުރުމަށްފަހު،" ބޮޑުވަޒިރު ނަވާޒު ޝަރީފްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އިންފޮމޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރާޝިދު މަގާމުން ދުރުކޮށްފައިވަނީ ވިދާޅުވީ މިމަހު ކުރީ ކޮޅު ފެތުރުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ޕާކިސްތާންގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ މައުލޫމާތަކީ "ނުބައި" މައުލޫމާތެއް ކަމަށާއި އެއީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

މިމަހު ހަވަނަ ދުވަހު ޕާކިސްތާންގެ ދުވަހު ނޫހެއް ކަމަށްވާ ދާވަން ގައި ވަނީ ޕާކިސްތާންގެ ހަނގުރާމަވެރި ޖަމާއަތަކާ އަސްކަރިއްޔާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން ބުނެފައިވަނީ ޕާކިސްތާންގެ ސަރުކާރުން އަސްކަރިއްޔާގެ އިސްފަރާތްތަކާ ބައްދަލު ކުރުމަށްފަހު ހަނގުރާމަވެރި ގުރޫޕްތަކަށް އެއްބާރުލުން ދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާންގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ އެތުހުމަތުތައް ދޮގު ކޮށްފައެވެ.