އެމްޓީޑީސީ

އެމްޓީޑީސީގެ އާމްދަނީ ދަށް، ސާފު ފައިދާ އިތުުރު

Oct 30, 2016
1

ސަރުކާރުގެ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ތިންވަނަ ކްއާޓަރުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް ސާފު ފައިދާ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް ފައްކާ ކުރުމަށް އުފައްދާފައިވާ އެމްޓީޑީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ތިންވަނަ ކްއާޓަރުގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ މިލިއަނެއްހާ ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު 3.4 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކްއާޓަރުގައި އެ ކުންފުންޏަށް 2.8 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ދެވަނަ ކްއާޓަރުގައި ލިބުނީ 2.2 މިލިއަން ޑޮލަރެވެ. މިއީ 21 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްޓީޑީސީގެ ހިސާބުތައް ދައްކާ ގޮތުން މި ކްއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 0.08 ޑޮލަރު (1.08ރ.) އެވެ.

އެމްޓީޑީސީގެ އާމްދަނީ ދަށްވެފައިވާއިރު، އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ގިނަ ރަށްތަކެއް ވަނީ ނަގާފަ އެވެ. މިގޮތުން އެންމެ ފަހުން ސަރުކާރުން ނަގާފައިވަނީ ހދ. އަތޮޅުގައި ހިންގަމުން ގެންދިޔަ ނާގޯއްޓެވެ.