ކަނޑުމަތީގެ ހާދިސާ

ބަނޑޮސް ކައިރި ފަރަށް ދޯންޏެއް އަރައިފި

Oct 30, 2016

ބަނޑޮސް އައިލެންޑް ރިސޯޓް ކައިރި ފަރަށް ދޯންޏެއް މިރޭ އަރައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ފަރަށް އަރާފައިވަނީ 75 ފޫޓްގެ ދޯންޏެކެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިރޭ ވިދާޅުވީ ފަރަށް އެރި އެ ދޯނި މިހާރު ސިފައިންގެ މަސައްކަތުން މިހާރު ފުންކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ދޯނި ސިފައިންގެ މަސައްކަތުން ފުންކޮށްފައިވާއިރު ދޯންޏަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.