ދުނިޔެ

ބަޣާވާތާ ގުޅިގެން ތުރުކީގައި 10000 މީހުން ވަޒީފާއިން ވަކިކޮށްފި

Oct 31, 2016

މިއަހަރު ޖުލައި މަހު ތުރުކީއަށް ގެންނަން އުޅުނު ބަގާވާތާ ގުޅިގެން 10000 މީހުން ވަޒީފާއިން ވަކިކޮށްފި އެވެ.

ތުރުކީގެ ސަރުކާރުން މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި ތަފުސީލްތަކުގައި ވާގޮތުން ތުރުކީގެ ވެރިކަން ވައްޓާލަން އެހީތެރިވި ކަމުގެ ތުހުމަތުގައި 10,131 މީހުން ވަަނީ ވަޒީފާއިން ކޮށްފައެވެ.

އަދި ކުރުދީ ހަނގުރާމަވެރިންނަށް ހިތްވަރު ލިބޭގޮތަށް ރިޕޯޓް ކުރާތީ ކުރުދީންގެ 15 މީޑިއާއެއްވެސް ތުރުކީގެ ސަރުކާރުން ވަނި ބަންދުކޮށްފައެވެ.

ތުރުކީގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ބަޣާވާތް ގެންނެވުމުގެ އެންމެ އަޑިގައި ހުރީ ތުރުކީގެ ދީނީ އިލްމުވެރިއެއް ކަމަށްވާ އަދި ވިޔަފާރި ވެރިޔާ ފަތުﷲ ގްލެންއެވެ. ނަވަރަސަތޭކަ ނުވަދިހަ އެއް ވަނަ އަހަރުން ފެށިގެން ގްލެން ދިރިއުޅެމުން ދަނީ އެމެރިކާގައެވެ.

ތުރުކީގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ގްލެންގެ ވިޔަފާރީގެ މަޝްރޫއުތަކަށް އެމެރިކާ ސަރުކާރުން ދަނީ އެހީތެރިވަމުންނެވެ.