ދުނިޔެ

އެފްބީއައިގެ ޑިރެކްޓަރު އިންތިހާބަށް ނުފޫޒު ފޯރުވާ: ޑިމޮކްރެޓިކް ޕާޓީ

Oct 31, 2016

އެމެރިކާގެ ތަހްގީގީ އިދާރާ (އެފްބީއައި) ގެ ޑިރެކްޓާ ޖޭމްސް ކޮމީ އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވަމުންދާކަމަށް ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ހެރީ ރީޑް ވިދާޅުވެއްޖެ އެވެ.

ޕިޖީ ލީޑަރު ރީޑް އެފްބީއައި އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ޖޭމްސް ކޮމީ "އެފްބީއައިގެ ގަވައިދުތައް މުގުރަފާނެ ކަމަށް ބެލޭވޭ" ކަމަށެވެ.

ރީޑް އެފްބީއައި އަށް ސިޓީ ފޮނުވާފައިވަނީ އެމެރިކާގެ ހާރިޖީ ވަޒީރު ކަމުގައި ހިލަރީ ހުންނެވިއިރު ރަސްމީ ބޭނުންތަކަށްވވެސް އޭނާގެ އަމިއްލަ މެއިލް ބޭނުން ކޮށްފައިވާ މައްސަލައިގައި އާ ހެކިތަކެއް ފެނިފައިވާ ކަމަށް ވާހަކަ ދައްކާފައި ވަނިކޮށެވެ.

"މި ސިޓީ މިލިޔަނީ އެކި އިދާރާ ތަކުގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުން މަނާ ކުރާ ގާނޫނާގެ ދަށުން އެފްބީއައި ޑިރެކްޓާ ރަސްމީ ހައިސިއްޔަތު ބޭނުން ކޮށް އިންތިހާބަށް ނުފޫޒު ފޯރުވަމުންދާކަން ފާހަގަ ކުރެވޭތީ" ރީޑް ލިޔެފައިވެއެވެ.

"ނަމަވެސް އެފްބީއައި ގާނޫނުގެ ދަށުން މިކަމަކީ މަނާ ކަމެއްގެ ގޮތުގައި ނުފެނިދާނެ ނަމަވެސް މީ ހެޗްގެ ދަށުން މަނާ ކަމެއް."

ރީޑް ވިދާޅުވެފައިވަނީ ކޯމީ ޕަބްލިކް ފޯރަމްތަކުގައި އެވާހަކަ ދެއްކެވުމުންދާ މިވަގުތަކީ ބޯ މަތިވެފައިވާ އެމެރިކާގެ އިންތިހާބަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭގޮތުން މިހާތަނަށް އެފްބީއައި އިން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ހިލަރީއާ ވަދަވެރި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މަޖިލިސް މެންބަރެއް ކަމަށްވާ ޖަސޮން ކެފްޓެޒް ވޯލްސްޓްރީޓް ޖާނަލްގައި ވިދާޅުވެފައިވަނީ އެފްބިއައިގެ ޑިރެކްޓަރު ކޮމީއަކީ ކުރިންވެސް ހިލަރީގެ އީމެއިލް މައްސަލަ ތަހްގީގު ކުރުމަށް ހަވާލުވެ ހުރި އެފްބީއައިގެ އެޖެންޓް ކަމަށާއި "ކޮމީ އެ ކުރައްވަނީ އޭނާއާ ހަވާލު ކުރި މަސްއުލިއްޔަތު،" ކަމަށެވެ.

"މިކަމުގެ ޒިންމާ ނަގަންޖެހޭނީ ކޮމީ އެއް ނޫން، މިއީ ހިލަރީ އަމިއްލަ އަށް އުފެއްދި މައްސަލައެއް." ކެފްޓެޒް ވިދާޅުވިއެވެ.