ފިނިޕޭޖް

ގައުމީ ފިލްމު އެވޯޑަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފި

Nov 2, 2016

ގައުމީ ފިލްމު އެވޯޑަށް ފިލްމު ހުށަހެޅުމުގެ މުއްދަތު މިމަހުގެ 10 އަކާއި ހަމައަށް އިތުރުކޮށްފި އެވެ.

ނެޝަނަލް ސެންޓަ ފޯ އާޓްސް (އެންސީއޭ) އިން ކުރިން މި އެވޯޑަށް ކުރިމަތިލާން ދީފައިވާ މުއްދަތަކީ މިދިޔަ މަހުގެ 23 އިން ފެށިގެން މާދަމާގެ ނިޔަލަށެވެ. މި މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 14:00 އަށެވެ.. އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް އެންސީއޭގެ ކައުންޓަރުން އަދި އެންސީއޭގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެންސީއޭ އިން ބުނެ އެވެ.

ގައުމީ ފިލްމު އެވޯޑްގައި މިފަހަރު ބައިވެރިކުރަން ހަމަޖެހިފައިވަނީ 2011 އިން 2013 އަށް ނެރެފައިވާ ފިލްމުތަކަށެވެ.

މި އަހަރުގެ ފިލްމު އެވޯޑް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މިފަހަރުގެ ފިލްމު އެވޯޑުވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަންވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރު ބޭއްވި ގައުމީ ފިލްމު އެވޯޑުން އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ޑާކްރެެއިން އެންޓަޓެއިންމަންޓްގެ "ހެޕީ ބާތު ޑޭ" އެވެ.