ދުނިޔެ

އައިއެސްގެ ލީޑަރު ބުނަނީ މޫސަލް އަތު ނުލެވޭނެ ކަމަށް

Nov 3, 2016
6

އިރާގްގެ މޫސަލްގައި އިސްލާމިކް ސްޓޭޓް ގުރޫޕަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެގުރޫޕްގެ ލީޑަރު އަބޫބަކުރު އަލް ބަގްދާދީ ބުނެފި އެވެ.

ބަގުދާދީ މިހެން ބުނެފައިވަނީ އާންމުކޮށްފައިވާ އޯޑިއޯ މެސެޖެއްގަ އެވެ. އިރާގްގެ އަސްކަރިއްޔާ އާއި އެމެރިކާގެ އަސްކަރީ ކޯލިޝަނުން ދަނީ މޫސަލް އައިއެސްގެ ބާރުގެ ދަށުން އަތުލުމަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.

އިރާގްގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ މޫސަލްއަކީ އައިއެސްގެ ބާރުގެ ދަށުގައި މިހަރު އޮތް އެންމެ ބޮޑު ސަރަހައްދެވެ.

ބަގުދާދީ ވަނީ އޭނާގެ އޯޑިއޯގައި ތުރުކީގެ ސަރަހައްދުތަކަށް ފެތުރިގަތުމަށް އޭނާގެ ހަނގުރާމަވެރިންނަށް ގޮވާލާފަ އެވެ.

"އައިއެސް އިން ކުރަމުންދާ ހަނގުރާމަކީ މާތް ކަލާނގެ ހަސްރަތުގައި ކުރެވޭ ޖިހާދެއް. މިކަމުގެ ސަބަބުން އިތުރުވެގެންދާނީ އަހަރެމެން އެކަލާންގެ އާ ދެމެދު އޮންނަ އިތުބާރު،" އައިއެސްގެ ސަޕޯޓަރުން އޮންލައިން ވެބްސައިޓެއްގައި އާންމުކޮށްފައިވާ 31 މިނެޓްގެ އޯޑިއޯގައި ބަގުދާދީ ބުނެފައިވެ އެވެ.

އަލްޖަޒިރާއިން ބުނީ އެ އޯޑިއޯގެ ސައްހަކަނަން މިހަތަނަށް ޔަގީން ކުރެވިފައި ނުވާ ކަމަށެވެ.