ބޭރު ކުޅިވަރު

އެޑްރިއާނޯގެ މައްޗަށްވެސް ޓެކްސްއަށް މަކަރު ހެދުމުގެ މައްސަލައެއް

Nov 9, 2016

ބާސެލޯނާގެ އެޑްރިއާނޯގެ މައްޗަށް ވެސް ޓެކްސް އަށް މަކަރު ހަދާ ކަމަށް ފެންމަތިވެ އެ މައްސަލަ ބެލަން ސްޕެއިން ޓެކްސް އެތޯރިޓީން ފަށައިފި އެވެ.

އެޑްރިއާނޯގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ 2011 ވަނަ އަހަރުން 2012 ވަނަ އހަރަށް ސްޕެއިންގެ ޓްކެސް އެތޯރިޓީއަށް ދައްކަން ޖެހޭ 641000 ޔޫރޯ އަށް މަކަރު ހަދަފައިވުމުގެ ކުށެވެ.

އެޑްރިއާނޯއަކީ ޓެކްސްއަށް މަކަރު ހެދުމުގެ މައްސލަ ފެންމަތިވި ބާސަގެ ފުރަތަމަ ކުޅުންތެރިޔާއެއް ނުނެވެ. މެސީ އާއި ނޭމާގެ އިތުރުން ހާވިއާ މެޝަރާނޯއާއި ޑެނީ އަލްވޭސްގެ މައްޗަށްވެސް ވަނީ ޓެކްސް އަށް މަކަރު ހަދާ ކަމުގެ ތުހުމަތު ކުރެވިފައެވެ.

އޯގަސްޓް މަހު ސްޕެއިންގެ ކޮޓަކުން ވަނީ ޓެކްސް އަށް މަކަރު ހެދުމުގެ ކުށް ސާބިތުވާކަމަށް މެސީގެ މައްސަށް ކަނޑައަޅައި އޭނާ ޖަލަށް ލުމަށްވެސް ހުކުމް ކޮށްފައެވެ. ނަމަވެސް އެއީީ ކޯޓުން މައްސަލަ ނިންމި ފުރަތަމަ ފަހަރު ކަމުން ޖަލު ހުކުމް އޭނަގެ ކިބައިން ވަނީ މަފް ކޮށްފައެވެ.

ބްރެޒިލްގެ ސައުޕޯލާއިން ގެނައި ނޭމަގެ ކޮންޓްރެކްޓްގައި ޖަހަފައިވަ މުސާރަށް އަށް ވުރެ ބޮޑު އަގެއް ދޭކަން ސާބިތުވުމުން ކޯޓުން ވަނީ 5.5 މިލިއަން ޔޫރޯއަށް ނޭމާ ޖޫރިމަނާ ކޮށްފައެވެ.