ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެކުލަބަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އޭގެ އިތުރުން އޭނާއަކީ ޔޫއެފާ ޗެމްޕިއަންސް ލީގް ތާރީހްގައި ވެސް އެންމެ ގިނަ ގޯލް ޖަހާފައިވަ ކުޅުންތެރިޔާ އެވެ.
ނަމަވެސް މިފަހަރު ސީޒަންގައި އޭނާގެ ފަރަތުން ގިނަ ލަނޑުތަކެއް ފެނިގެން ނުދާތީ ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑު ކިޔާފައެވެ. ސްޕެނިޝް ލީގްގައި އޭނާ އަށް މިހާތަނަށް ޖެހުނީ ފަސް ލަނޑެވެ.
"ބައެއް ފަހަރު މީހުން ހީކުރަނީ ކަންނޭންގެ އަހަންނަކީ އިންސާނެއް ނޫން ކަމަށް، ނަމަވެސް އަހަންނަކީވެސް އިންސާނެއްް ރަނަގޅު ވަގުތު ތަކާއި ގޯސް ވަގުތުތައް ވެސް އަހަންނަށް އާދޭ،" ލަނޑު ނުޖެހޭ މައްސަލައިގައި އޭނާ އަށް ކުރިމަތިވަ ފާޑުކިޔުންތައްކަށް ޖަވާބު ދެމުން ރެއާލް މެޑްރިޑްގެ ޓީވީގައި ވާހަކަ ދައްކަވަމުން ރޮނާލްޑޯ ބުންޏެވެ.
"އަހަރެން އަބަދުވެސް ކިތަންމެ ކުޑަ ކަމެއް ހާސިލުވި ނަމަވެސް ވަރަށް ބޮޑަށް އުފާ ކުރަން އެކަމުގެ ސަބަބުން އަހަންނަށް މޮޅަށް ކުޅެން މޯޓީވޭޓް ވޭ އަހަރެން އަބަދުވެސް ބޭނުމީ ދަނޑުމަތީގައި އުޅޭއިރު އެ ހިޔާލު ގެންނަން."
ރޮނާލްޑޯ ބުނީ އެހެން މީހުންނަށް އެހީވުމަކީ އޭނާ އަށް ލިބޭ އުފަލެއް ކަމަށާއި އާންމުކޮށް އެންމެންނަށް އެހީ ނުވެވޭ ކަމަށެވެ.
"އެހެންމީހުންނަށް އެހީވާން އަހަރެން ނިންމަނީ އެކަމަކީ ހަމައެކަނި އަހަންނަށް މުހިންމު ވެގެނެއް ނޫން އެހެންމީހުންނަށްވެސް އެކަން މުހިންމު ވެގެން."