ރާއްޖެ ކުޅިވަރު

ހޭންޑްބޯލްގެ ނައިބު ރައީސަކަށް މުޖޭ

Nov 10, 2016

ރާއްޖޭގެ ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސްއަކަށް އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހްމަދު މުޖުތަބާ (މުޖޭ) އިންތިހާބު ކޮށްފިއެވެ.

ރޭ ބޭއްވި އިންތިހާބުގައި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ވެސް މުޖޭ އެކަންޏެވެ.

އެ އެސޯސިއޭޝަންގެ ނައިބުރައީސްގެ މަގާމު ހުސްވީ މި އަހަރު ޖުލައި މަހު އެ އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް އިސްމާއީލް ސްޕޯޓްސް ކައުންސިލްގެ މެންބަރުކަމަށް ހަމަޖެއްސުމުން ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމާއެކު ރައީސް ކަމަށް ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހްމަދު އިސްމާއީލް އިންތިހާބު ކުރުމުންނެވެ.

މުޖޭ ނައިބު ރައީސް ކަމަށް އިންތިހާބުވުމުން ރޭ ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ވަނީ ޖެނަރަލް ސެކެޓްރީގެ މަގާމަށް މުހައްމަދު ޖައުޝަން ޝަރީފް (ޖައު)، އެކްސްކޯގެ ތާއީދާއެކު އައްޔަންކޮށްފަ އެވެ.