އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް މިރޭ 11:00 އާ ހަމައަށް ގެންދަން އޮތް ޖަލްސާ ނިންމާލައި މާދަމާ އާއި އަނެއް ދުވަހު ބަހުސް ކުރިޔަށް ގެންދަން ހަމަޖައްސައިިފި އެވެ.
މިއަދު ޖަލްސާގައި ހެނދުނު ފާސްކޮށްފައި ވަނީ ހުސް ވަގުތުކޮޅެއް ދިނުމަށްފަހު މިރޭ 11:00 ޖެހުމާ ހަމައަށް ބަހުސް ކުރިޔަށް ގެންދާށެވެ. އެގޮތަށް ނިންމާފައިވަނީ 30 މެމްބަރުންގެ އަޣްލަބިއްޔަތު ވޯޓުންނެވެ. އެ ނިންމުމާއެކު މިއަދުގެ ޖަލްސާގައި 29 މެންބަރަކު ބަޖެޓަށް ބަހުސް ކުރައްވާފައިވެއެވެ.
ފާސް ކުރި ވަގުތާ ހަމައަށް ބަހުސް ދަންމާ ނުލައި ނިންމާލީ މާދަމާ ބަހުސް ކުރިޔަށް ގެންދިއުމަށެވެ. މިއަދުގެ ބަހުސްގައި ކުރިން ކޮމެޓީން ފާސްކޮށްފައިވާ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި ކޮންމެ މެމްބަރަކަށް ވެސް 15 މިނެޓްގެ ވަގުތު ދިނެވެ. -- ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ދޭން ކަނޑައަޅާފައި ވަނީ ހަތް މިނެޓެވެ.
މިއަދުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުން ވަނީ ބަޖެޓާ ބެހޭ ގޮތުންނާއި ބަޖެޓްގައި އެ މެންބަރަކު ނިސްބަތްވާ ދާއިރާތަކަށްހުރި ކަންކަމުގެ މައްޗަށް ފުޅާކޮށް ވާހަކަ ދައްކަވާފަ އެވެ. އަދި އިދިކޮޅު މެންބަރުން ބަޖެޓަށް ފާޑު ކީއިރު ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ބަޖެޓްގައި ހުރި މުހިމު ކަންކަމަށް އަޅި އަޅުވާލައްވާފަ އެވެ. އަދި ބަޖެޓަށް ވޯޓް ނުދޭއަދި ސަރުކާރަށް ޖެއްސުންކުރާ މެމްބަރުން ތިބި ކަމަށްވެސް ތުހުމަތައް ކުރި އެވެ.