ބޭރު ކުޅިވަރު

މެސީ ދިޔަނުދޭން ބާސާ އިން މަސައްކަތް ފަށައިފި

Nov 15, 2016
1

ބާސެލޯނާގެ ސްޕާ ސްޓާ އާޖެންޓީނާގެ ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މުހިންމުކަން ބާސާއިން އޭނާ އަށް ވިސްނައި ދޭން ފަށައިފިއެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް މާސާއިން ބުނެފައިވަނީ ޖުލައި މަހުވެސް ބާސާގެ ކޮންޓްރެކްޓް އާ ކުރުމަށް ބާސާއިން މެސީއާ ވާހަކަ ދެއްކި ކަމަށާއި ނަމަވެސް ކޮންޓްރެކްޓް އާ ކުރުމަށް ބޭނުން ނުވާ ކަމަށް މެސީ ބުނެފައިވާ ކަމަށެވެ.

"އަހަންނަކަށް ނޭންގެ ކުރިމަގުގައި ވާނެ ގޮތެއް އެހެން ނަމަވެސް އަހަރެން މަސައްކަތް ކުރާނަން މެސީއަށް ވިސްނައިދޭން އޭނާ ހުރީ ދުނިޔޭގެ އެންމެ ރަނގަޅު ކުލަބުގައި،" ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓަމޮއު ވިދާޅުވިއެވެ.

މެސީގެ ކުރީގެ އެޖެންޓް ޖޯސެފް މާރިއާ މިންގްއެލާ ބުނެފައިވަނީ މެސީ އެހެން ކުލަބަކަށް ދިއުމަކީ އޭނާގެ ހިޔާލަށް ގެނެވޭ ކަމެއް ނޫން ކަމަށެވެ.

ބާސާއާއެކު މެސީ މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވަނީ 2018 ވަނަ އަހަރުއެވެ.