ކަނޑުމަތީގެ ހާދިސާ

ބަލި މީހަކު ގޮވައިގެން ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފި

Nov 17, 2016
1

މިއަދު ހަވީރު ގއ. ދާންދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ގޮވައިގެން އެ އަތޮޅު ވިލިނގިއްޔަށް ދަތުރު ކުރަމުންދިޔަ ސީއެމްބިއުލާންސެއް ދާންދޫ ފަރަށް އަރައިފި އެވެ. މިރޭ 8:00 ހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނީ، ދާންދޫގެ ފަރަށް ލޯންޗެއް އަރައިގެން އުޅުނު ހަބަރު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 8:00 ހާއިރު ކަމަށެވެ. އެ ލޯންޗަކީ ދާންދޫން ބަލި މީހަކު ގޮވައިގެން އެއަތޮޅު ވިލިނގިއްޔަށް ދަތުރުކުރި ލޯންޗެއް ކަމަށާއި، ލޯންޗު ފަރަށް އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލޯންޗު ފުންކޮށް، ބަލިމީހާ ވިލިނގިއްޔަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ލޯންޗުގައި ވިލިނގިއްޔަށް ގެންދިޔައީ މިއަދު ހަވީރު 4:00 ހާއިރު ދާންދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެކެވެ. އޭނާއަށް އެކި ވަރުގެ އަނިޔާ ވެފައި ވިޔަސް، ހާލު ސީރިއަސް ނޫން ކަމަށް ދާންދޫ ކައުންސިލުން ބުންޏެވެ.