ކަނޑުމަތީގެ ހާދިސާ

ތުޅާގިރި ކައިރިން ދޯންޏެއް ފަރަށް އަަރައިފި

Nov 18, 2016

ތުޅާގިރި އައިލެންޑް ރިސޯޓް ކައިރިން ދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހަވީރު 4:00 ހާއިރު "ކުރިމަގު" ނަމަކަށް ކިޔާ 75 ފޫޓުގެ ދޯންޏެއް ތުޅާގިރި ކައިރީ އޮތް ފަރަކަށް އަރާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ދޯނީގައި ތިބި ތިން މީހުނަށް އެ ހާދިސާގައި އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

ކޯސްޓު ގާޑަށް އެ މައުލޫމާތު ލިބުމާއެކު ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.