ހަބަރު

ފަސް ރުފިޔާގެ ފައިސާ ފޮތި ނުނެރެ، އާ ނޫޓެއް ނެރެނީ

Nov 19, 2016
2

އެމްއެމްއޭ އިން މީގެ ކުރިން ނެރެން ނިންމާފައިވާ ފަސް ރުފިޔާގެ ފައިސާ ފައިސާ ފޮތީގެ ބަދަލުގައި މިހާރެކޭ ވެސް އެއްގޮތަށް ފަސް ރުފިޔާގެ އާ ނޫޓެއް ނެރެން ނިންމައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ފަސް ރުފިޔާގެ ފައިސާ ފޮތި ނުނެރެން ނިންމީ އެ އަދަދުގެ ނޫޓް އުވާލައި ފައިސާ ފޮތި ތައާރަފް ކުރުމުން އާންމުންނަށް އުނދަގޫވާނެތީ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ދެ ރުފިޔާގެ މުޅިން އާ ފައިސާ ފޮއްޗެއް ނެރެން ވެސް ނިންމާފައިވާކަން އެކަމަނާ މިއަދު އިއުލާން ކުރެއްވި އެވެ.

އެމްއެމްއޭ އިން ވަނީ ރަންދިހަފަހެއްގެ ނަމުގައި ދިވެހި ރުފިޔާގެ އާ ނޫޓްތަކެއް މިދިޔަ އަހަރު ތައާރަފްކޮށްފަ އެވެ. އެ ނޫޓް ސީރީޒް ގައި ހިމެނެނީ 10، 20، 50، 100، 500 ރުފިޔާ އަދި މުޅިން އަލަށް ނެރެފައިވާ 1،000 ރުފިޔާ ނޫޓެވެ. އަލަށް ނެރުނު ނޫޓްތަކުގައި ސަލާމަތީ އާ ކަންތައްތަކެއް ހިމަނާފައިވާ އިރު އެ ބާވަތުގެ ނޫޓް ޗާޕްކޮށްފައި ވަނީ ޕޮލިމާ ކަރުދާހުގަ އެވެ.