ދުނިޔެ

ހަތަރު ވަނަ ދައުރަކަށް މާކެލް ކުރިމަތިލައްވަނީ

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އިންތިހާބުގައި ޖަރުމަންގެ ޗާންސެލަރު ކަމަށް ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް މިހާރުގެވެސް ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވެއްޖެއެވެ.

މާކެލް އަކީ ހުޅުނގުގެ ގައުމުތަކުގައި ހުންނެވި އެންމެ ގިނަ މުއްދަތަކަށް ވެރިކަން ކުރެއްވި ލީޑަރެވެ.

"އަހަރެން ވަރަށް ގިނަ ގޮތްގޮތުން މިކަމާ ވިސްނައިފިން ހަތަރު ވަނަ ދައުރަކަށް ނިކުތުމާމެދު،" ބާލިންގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މާކެލް ވިދާލުވިއެވެ.

މާކެލް އެންމެ ފުރަތަމަ ޖަރުމަންގެ ޗާސެލަރު ކަމާ ހަވާލުވީ 2005 ވަނަ އަހަރުއެވެ.

"އަހަރެން އަބަދުވެސް އިސްކަން ދިނީ ޖަރުމަނަށް ހިދުމަތް ކުރުމަށް އަދިވެސް އަހަރެން މިހުރީ އެ ޕްރިންސިޕަލް މަތީގައި،" މާކެލް ވިދާޅުވިއެވެ.