ކަނޑުތަކާ ގުޅިގެން އެންމެ ބޮޑަށް އަޑުއިވޭ އެއް ވާހަކައަކީ ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު އުފުލެމުންދާ ވާހަކައެވެ. މިވާހަކަ އަކީ ދިވެހިންނަށް ވަރަށް ގިނައިން އަޑުއިވިފައި އޮންނަ ވާހަކައެކެވެ. އެކަމަކު މިފަހަރު މިއޮތީ ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކައެއް ނޫނެވެ.
އިޒްރޭލާއި އުރުދުންއާ ގުޅޭ ސަރަހައްދުގައި އޮންނަ ޑެޑްސީ އަށް ބަދަލު އަންނަން ފަށައިފިއެވެ. ކަމުގެ ބިރެވެ. ޑެޑްސީ ގެ ނަމުން އެ ކަނޑަށް ނަންދެވުނީ އެކަނޑުގައި ދިރުމެއް ނެތުމުންނެވެ. ޑެޑްސީގެ ލޮނުގަނޑު އުފުލެނީކީ ނޫނެނެވެ. ލޮނުގަނޑު ހިކި ހަނަފަސް ސަހަރާއަކަށް ބަދަލުވަމުންދާ ކަމުގެ ބިރުވެރިކަން ކުރިމަތިވީއެވެ. އަހަރަކު 3.3 ފޫޓަށް ލޮނުގަނޑު ހިނދެނީއެވެ.
މެދުއިރުމަތީގެ ތިމާވެށީގެ ޖަމްއިއަޔާއެއް ކަމަށްވާ އީކޯޕީސް މިޑްލްއީސްޓުން ބުނީ މިހެން ވާން ދިމާވާ ސަބަބަކީ ތިމާވެއްޓާމެދު މީހުންގެ ހޭލުންތެރިކަން ކުޑަވެ ކަނޑުތަކަށް ގެއްލުންވާ ގޮތަށް ކުރަމުންދާ އިންސާނީ އަމަލުތަކާ ގުޅިގެން ކަމަށެވެ.
"މިކަމުގެ ފިޔަވަޅު އަޅަންޖެހޭނީ ވަކިގައުމަކަށް ނޫން އެއީ މުޅި ސަރަހައްދު އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމެއް." 'ދަ ޑައިން ޑެޑްސީ' ކިޔާ ސީރިސްއެއް ހަދަން މިއަހަރު ފެބްރުއަރީ މަހު ޑެޑްސީ ސަރަހައްދުގައި ޝޫޓްއައުޓެއް ކުރިއަންގެންދިޔަ ފޮޓޯ ގްރާފާ މޯޓިޒް ކްސްޓްނާ ބުންޏެވެ.
ޑެޑްސީގެ ލޮނުގަނޑު ތިލަވަމުންދާ އަނެއް ސަބަބަކީ ކަނޑުގެ ލޮނުގަނޑުގައި ހިމެނޭ މިނަރަލް ނަގުމުގެ ސިނާއީ މަސައްކަތުގެ ސަބަބުންނެވެ. ޑެޑްސީއަކީ ގިނަ އަދަދަކަށް މިނަރަލް ނަގާ ކަނޑކެވެ. އެކަނޑުން ނަގާ މިނަރަލުން ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނު އުފައްދަން ބޭނުންކުރެއެވެ.
މީގެއިތުރުން މެދުއިރުމަތީގެ ސަރަހައްދަކީ ހޫނުމިން އިންތިހާ އަށް މައްޗަށްދާ ސަރަހައްދެއް ކަަމށްވުމުން ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހިނދެން ދިމާވެއެވެ. އަނެއް ސަބަބަކީ އިސްރާއީލާއި އުރުދުން އިންވެސް ސަޕްލައި ފެން އުފައްދަން އެ ކަނޑުން އެތައް މިލިއަން ލީޓަރެއްގެ ފެން ނަގާތީއެވެ.
އިސްރާއީލާއި ޖޮޑާންވަނީ މިދިޔަ އަހަރު ޑެޑްސީއަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް 900 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމު ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ފެން އުފައްދަން ބޭނުންވާ ލޮނު ރެޑްސީ ކަނޑު ނެގުމަށްޓަަކައި ކަނޑުގެ އަޑިން އަޅަންޖެހޭ ޓަނަލް އެއް އެޅުމަށް ވަނީ އެއްބަސްވެފައެވެ.