ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ބަށިބޯޅަ މުބާރާތް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ބަށި މުބާރާތް ކުރިއަށްޑައިރު މި ކުޅިވަރަށް ލޯބިކުރާ ފާރަތްތަކުން އުފައްދާނެ އެއް ސުވާލަކީ ބަށިބޯޅައިގައި މިހާރު އެންމެ ފިޔަޖަހަމުން އަންނަ ޓީމު ފ. ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުގެ ކާމިޔާބީ އަށް ނިމުން ގެނެވިދާނެ ހެއްޔެވެ.
ފީއަލީ އެކުވެރި ޒުވާނުންގެ ޓީމަކީ މި މުބާރާތުގެ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަނެވެ. އެހެންކަމުން ބަށިބޯޅައިގައި އެޓީމުގެ ހައިބަތު އޮޅުން ފިލުވައިދޭ ކަށް އިތުރު ތަފްސީލެއް ބޭނުމެއް ނުވެއެވެ.
އެ ޓީމު މި އަހަރުގެ މުބާރާތަށް އައީ ފަސް ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް އަންނަ އަހަރު އޮންނަ މުބާރާތުން ޖެހިޖެހިގެން ދެ ތަށި މިލްކު ކުރުމަށެވެ.
ފިއަލީ އެކުވެރި ޒުވާނުންގެ ޓީމުގެ ފެންވަރު ހާމަކޮށްދީފައިވާއިރު މުބާރާތުގައި އެޓީމުގެ ކާމިޔާބަށް ނިމުން ގެނެވޭނެ ޓީމެއް އެބައޮތް ހެއްޔެވެ؟
"ޓީމުތައް ވަރަށް ވަރުގަދަ ބައެއް ޓީމުތައް މުބާރާތަށް ތައްޔާރުވި ސީދާ ފީއަލީ އެކުވެރި ޒުވާނުންގެ ޓީމު ބަލި ކުރުމުގެ އަމާޒު ގައި،" މުބާރާތް ފެށުމުގެ ކުރިން މުބާރާތް އިންތިޒާމު ކުރާ އެސްޓީއޯގެ އޮފިޝަލު ވިދާޅުވިއެވެ.
މުބާރާތުގައި ކޮންމެ އަހަރަކު ބައިވެރިވަމުން އަންނަ ޓީމުތަކަށްވެސް ފީއަލީ ޒުވާނުންގެ އަތުން ތަށި ގެންދެވޭ ވަރެއް ނުވިއެވެ. ގްރޭޓާ މާލޭގެ ޓީމުތަކުގެ އަމާޒަކީވެސް އެއް ލައްކަ ރުފިޔާއާއެކު ލިބޭ އެސްޓީއޯ ބަށި މުބާރާތުގެ ތަށި މާލެއިން ބޭރަށް ގެންދިއުމުގެ ފުރުސަތު ނުދިނުމެވެ.
މުޅި ރާއްޖެއިންވެސް ފީއައްޔަކީ ބަށިބޯޅައިގެ ރޫހް ވަރުގަދަ ރަށެކެވެ. އެ ރަށުން މުބާރާތަށް މި އަހަރުވެސް ދެ ޓީމު އައެވެ. މިދިޔަ އަހަރު ތިން ޓީމު ބައިވެރިވިއެވެ. ނަމަވެސް އެއްވެސް ޓީމަކަށް ފީއަލީ ޒުވާނުންގެ އެކުވެރި ގުޅުމުގެ ކާމިޔާބުގެ ފޯމިއުލާ ހޯދިފައެއް ނުވެއެވެ. ނުވަތަ އެއްވުރެ މޮޅު ފޯމިއުލާއެއް ބަށިބޯޅަ މުބާާރާތަށް ގެނެވިފައެއް ވެސް ނުވެއެވެ. ބަށިބޯޅައަށް ލޯބިކުރާ ފަރާތްތަކުން މުބާރާތުގެ ކުރިންވެސް އަންދާޒާ ކޮށްފައިވަނީ މިއަހަރުވެސް އެންމެ ވާދަވެރި ޓީމަކީ ފީއަލީ އެކުވެރި ޒުވާނުންގެ ޓީމެވެ.
"މީ ވަރަށް އުފާވެރި މަންޒަރެއް އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ޓީމުތައް ވަރަށް ވަރުގަދަ ނަމަވެސް މިދިޔަ ހަތަރު އަހަރު ފީއަލީ ޒުވާނުންގެ އެކުވެރި ގުޅުމުން އެ މުބާރާތް ކާމިޔާބު ކޮށްފައިވުމަކީ އެޓީމަށް އޮތް ހިތްވަރެއް އެކަން ކޯޓުންވެސް ފެނިގެންދޭ" ގައުމީ ބަށިބޯޅަ އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.