މިއަދު އެއްބަސްވެފައި ވަނީ ތ. ކަނޑޫދޫއާއި އެ އަތޮޅު ވޭމަންޑޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސާސީ ސެންކޯ ޖޭވީ ޕްރައިވެތް ލިމިޓޭޑާއި އެވެ. އެ މަސައްކަތަށް 16.8 މިލިއަން ރުފިޔާ ހޭދަވާއިރު 240 ދުވަހުގެތެރޭ މަސައްކަތް ނިންމަން ވަނީ އެއްބަސްވެފައި އެވެ.