ވިޔަފާރި

ބޯޓިން އެވޯޑު މާދަމާ ރޭ ޗަމްޕާ ސެންޓްރަލްގައި

Nov 24, 2016

މޯލްޑިވްސް ބޯޓިން އެވޯޑު ހުކުރު ދުވަހުގެ ރޭ ޗަމްޕާ ސެންޓްރަލްގައި އޮންނާނެ އެވެ.

މޯލްޑިވްސް ބޯޓިން އެވޯޑު އިންތިޒާމު ކުރާ، ޔުނިކާ އިން ބުނީ ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ އެވޯޑު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

ބޯޓިން އެވޯޑަކީ ސަފާރީތަކާއި ސަފާރީތަކަށް ހިދުމަތްދޭ އެކި ވިޔަފާރިތަކަށް، އަދި މެރިން އިންޑަސްޓްރީއަށް ހުޅުވާލައިގެންދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

ބޯޓިން އެވޯޑުގެ ޕާޓްނަރުން

  • މެއިން ސްޕޮންސަރު: ގަލްފް ކްރާފްޓް
  • ކޯ-ސްޕޮންސަރު: އެލައިޑް އިންޝުއަރެންސް
  • ކޯ-ސްޕޮންސަރު: އެފްއެސްއެމް
  • ކޯ-ސްޕޮންސަރު: އެމްޓީސީސީ
  • އެސޯސިއޭޓް ސްޕޮންސަރު: ވީއޭއެމްކޯ
  • ހޮޓެލް ޕާޓްނަރު: ޗަމްޕާ ހޮޓެލްސް
  • ޕްރިންޓް ޕާޓްނަރު: އެމް އެކްސް ސައިން
  • މީޑިޔާ ޕާޓްނަރު: އަވަސް އޮންލައިން

މޯލްޑިވްސް ބޯޓިން އެވޯޑު 25 ކެޓަގަރީ އަކުން އެވޯޑު ދޭނެ އެވެ. މި އެވޯޑަކީ ކޮންމެ އަހަރަކު އެއް ފަހަރު ދޭ އެވޯޑެކެވެ.