ބޭރު ކުޅިވަރު

19 އަހަރަށް ފަހު ޖެރާޑް ކުޅުން ހުއްޓާލައިފި

Nov 24, 2016

އިނގިރޭސި ގައުމީ ޓީމާއި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ފުޓްބޯޅަ ކުޅުން ހުއްޓަލިކަން އިއުލާން ކޮށްފި އެވެ.

އެމެރިކާގެ މޭޖާ ލީގް ލޮސްއެންޖަލިސް ގެލްކްސީއަށް ކުޅެމުން އައި ޖެރާޑްގެ ފުޓްބޯޅައިގެ ހަޔާތް ފެށީ ލިވަޕޫލުންނެވެ. އޭނާ ލީވަޕޫލްގެ އެކެޑެމީއާ ގުޅުނީ އޭނާގެ އުމުރުން ހަތް އަހަރުގައި 1987 ވަނަ އަހަރުއެވެ.

ނާވަރަސްތޭކާ ނުވަދިހަ އަށަކާ ހަމަޔަށް ލިވަޕޫލްގެ ޔޫތު ޓީމަށް ކުޅުނު ޖެރާޑް ލިވަޕޫލްގެ ސީނިއާ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ބްލެކްބާން ރޯވާސްއާ ދެކޮޅަށެވެ.

ނަވާރަ އަހަރު ވަންދެން ލިވަޕޫލަށް ކުޅުމަށްފަހު އޭނާ އެލްއޭ ގެލްކްސީއަށް ބަދަލުވީ މިދިޔަ އަހަރުއެވެ. މިޑްފީލްޑަށް ކުޅޭ ޖެރާޑް ވަނީ ލިވަޕޫލަށް 710 މެޗް ކުޅެދީ 186 ގޯލް ކާމިޔާބު ކޯށްފައެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި އަހަރެންގެ ކުރިމަގާ ބެހޭގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް ވަނީ އެނބުރިފަ އަހަރެން މިހާރު ޔަގީން ކޮށްދެން އަހަރެން ފުޓްބޯޅަ ކުޅުން ހުއްޓަލަން ނިންމައިފިން،" މިހާރު އުމުމުރުން 36 އަހަރުގެ ޖެރާޑްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"އަހަރެން ކެރިއާ އަކީ ވަރަށް ކާމިޔަބު ކެރިއާއެއް ލިވަޕޫލްގައި އެލްއޭ ގެލެކްސީގައި އިންގްލެންޑް ގައުމީ ޓީމުގައި އަހަންނަށް އެހީތެރިވި އެންމެނަށް ޝުކުރު އަދާ ކުރަން."

ލިވަޕުލްގެ ހަޔާތުގައި ޖެރާޑްގެ އެންމެ ހާއްސަ ކާމިޔާބަކީ އެޓީމަށް 2005 ވަނަ އަހަރު ޔޫއެފްއާ ޗެމްޕިއަންސް ލީގް ހޯދައިދިނުމެވެ.