ފިރިހެން ހަށިތަކަކާއި މަސްތުވާތަކެއްޗާއެކު އަންހެނަކާއި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭ ގެއަކަށް ވަދެ އެގެ ބަލައިފާސް ކުރުމަށްފަހު ކަމަށާއި އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި 19 ރަބަރު ޕެކެޓާއި ބްލެޓް ސައިޒުގެ ދެ ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ބިޑިއާއި މަނާ ބޭސްތަކަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ދެ ފިރިހެން ހަށި ފެނުނު ކަމަށެވެ.
އަދި ބުނީ އެ މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާ ހައްޔަރު ކުރީ އޭނާ އުޅޭ ކޮޓަރިތެރެއިން ދެ ފިރިހެން ހަށި ފެނިގެން ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ބަލަމުންނެވެ.