ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން އެވެ.
އެ އިސްލާހު ހުށަހަޅާ އިސްލާހަށް ބަހުސް ކުރަމުން ދިޔަ ވަގުތު އިދިކޮޅު ފަރާތްތަކުން ވަނީ މެގަފޯނާއި އެހެނިހެން އާލާތްތައް ބޭނުންކޮށްގެން މަޖިލީހުގަ އަޑުއުފުލާފަ އެވެ. އެހެން ކަމުން މަޖިލިސް މިއަދު ވެސް ކުރިއަށް ގެންދިޔައީ ލައިވް ފީޑް ކަނޑާލައިގެންނެވެ.