ބޮލީވުޑް

ދުނިޔޭގެ ތިން ވަނަ އަށް އެންމެ ރީތި ފިރިހެނަކީ ރިތިކް

Nov 27, 2016
3

ވޯލްޑްސްޓޮޕްމޯސްޓް ޑޮޓް ކޮމް އިން ހޮވާފައިވާ ދުނިޔޭގެ އެންމެ ރީތި 10 ފިރިހެނުންގެ ލިސްޓުގެ ތިން ވަނަ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އަށް ލިބިއްޖެ އެވެ.

ބޮލީވުޑްގެ ވެސް އެންމެ ރީތި ފިރިހެނާ ކަމަށް ގިނަބަޔަކު ގަބޫލުކުރާ ރިތިކް އަށް މިލިސްޓުގެ ތިން ވަނަ ލިބުނުއިރު އެއްވަނަ އާއި ދެވަނަ ލިބިފައިވަނީ ހޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ޓޮމް ކްރޫޒް އާއި ރޮބަޓް ޕެޓިންސަން އެވެ.

ދެހާސް ސޯޅައިން - ދެހާސް ސަތާރަ އަށް އެކުލަވާލި މިލިސްޓުގައި ރިތިކްގެ އިތުރުން ހަތް ވަނައިގައި ސުޕަސްޓާ ސަލްމާން ޚާން ވެސް ވަނީ ހިމެނިފަ އެވެ. މިލިސްޓުގެ ހަތަރުވަނަ ހިއު ޖެކްމަން އަށް ލިބިފައިވާއިރު ފަސް ވަނަ ލިބިފައިވަނީ ޖޮނީ ޑެޕް އެވެ. އަދި ހަ ވަނައިގައި ހިމެނިފައިވަނީ ބްރެޑް ޕިޓް އެވެ.

ވޯލްޑްސްޓޮޕްމޯސްޓް ޑޮޓްކޮމް އިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ރީތި 10 ފިރިހެނުން ހޮވުމުގައި ބަލާފައިވަނީ އެތަރިންގެ ކިބައިވާ މީހުން އަޅައިގަންނަ ސިފަތަކަށާއި އެމީހުންގެ މަޝްހޫރު ކަމަށެވެ.

ދެހާސްވަނަ އަހަރު ބޮލީވުޑަށް ނިކުތް ރިތިކްގެ ބެލުންތެރިން އެންމެ ގަޔާވާ ދެސިފައަކީ އެނާގެ ރީތިކަމާއި ޑާންސްކުރަން ކުޅަދާނަ ކަމެވެ. ރިތިކް އަށް ތިން ވަނަ ލިބުމާ ގުޅިގެން އެވެބްސައިޓްގައި ބުނެފައިވަނީ އޭނާ އަކީ ރީތި ހަށިގަނޑެއްގެ ވެރިއެއްގެ އިތުރުން ރީތި މޫނެއްގެ ވެރިއަކަށް ވާތީ ކަމަށް ބުނެފަ އެވެ. ރިތިކްގެ ލޮލުގެ ކުލައަކީ ހެޒެލް ގްރީން އަށް ވީއިރު އޭނާގެ ލޮލުގެ ކުލަ ރީތިވެގެން އުޅޭ ގިނަ މީހުންވެސް އުޅެ އެވެ.