ހަބަރު

އަންހެނުންގެ ދުވަހާ ގުޅިގެން އައްޑޫގައި ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި

Mar 10, 2015

އެ ޖަމިއްޔާއިން ބުނީ އެ ޓްރެއިނިން ޕްރޮގްރާމް ބާއްވާފައި ވަނީ ފެބްރުއަރީ 22ން 28 އަށް އައްޑޫ ސިޓީ ހިތަދޫގައިއާއި ހުޅުމީދުގައި ކަަމަށެވެ. މި ޕްރޮގްރާމްގައި މައުލޫމާތު ދީފައި ވަނީ އެންޓަޕްރިނިއާޝިޕް ޑިވެލޮޕްމަންޓާއި ކޮމްޕިއުޓާ ޓެކްނޮލްޖީ އަދި އެގްރިކަލްޗާ ޑިވެލޮޕްމަންޓާ ގުޅޭ ގޮތުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މި ބައްދަލުވުމުގައި ޖުމްލަ 50 ބައިވެރިން ބައިވެރިވެފައިވެ އެވެ.

އެ ފަރާތުން އިތުރަށް ބުނީ އަންހެނުންނާގުޅޭ އިތުރު ތަމްރީން ޕްރޮގްރާމްތައް އަންނަ ޖޫން މަހު ބާއްވާނެ ކަމަށެވެ. މި އަހަރުގެ އަންހެނުންގެ ދުވަހަށް އދ އިން ކަޑައަޅާފައިވާ ޝިއާރަކީ "އެމްޕަވަރިން ވިމެން، އެމްޕަވަރިން ހިއުމޭނިޓީ: ޕިކްޗާ އިޓް" އެވެ.