ބޭރު ކުޅިވަރު

ބްރެޒިލްގެ ޓީމުގެ ތިން ކުޅުންތެރިން ފިޔަވައި ހުރިހާ ކުޅުންތެރިން މަރުވެއްޖެ

Nov 29, 2016

ބްރެޒިލްގެ ފުޓްބޯޅަ ޓީމެއް ކަމަށްވާ ޝަފެކޯއިންސް ގޮވައިގެން ކޮލަމްބިއާ އަށް ދަތުރު ކުރި މަތިންދާ ބޯޓުން މަރުވި 75 މީހުންގެ ތެރެއިން ޝަފެކޯއިންސްގެ ތިން ކުޅުންތެރިން ފިޔަވައި ހުރިހާ ކުޅުންތެރިން މަރުވެއްޖެއެވެ.

ޓީމާއެކު ދަތުރު ކުރި މަތިންދާ ބޯޓްގައި 81 މީހުން ދަތުރު ކުރިއެވެ. ސަލާމަތްވި ހަ މީހުން ތެރޭގައި ހިމެނެނީ ތިން ކުޅުތެރިންގެ އިތުރުން ބޯޓްގެ ދެ ކުރޫއިންނާއި ނޫސްވެރިއެކެވެ.

ކުރިން ސަލާމަތްވި ކަމަށް ރިޕޯޓް ކުރެވުނު ގޯލްކީޕަރު ޑަނިލޯވެސް ވަނީ މަރުވެފައެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މި ޓީމު ދަތުރު ކުރަމުން ދިޔައީ ކޮޕާ ސުޑާއެމެރިކާގެ ފައިނަލް މެޗް ކޮލަމްބިއާގެ އެތުލެޓިކޯއާ ދެކޮޅަށް ކުޅުމަށެވެ. މި މެޗް ކުޅުމަށް ޓީމާއެކު ދަތުރު ނުކުރާ ތިން ކުޅުންތެރިޔަކު ވެސް ހިމެނެއެވެ. މި ތިން ކުޅުންތެރިން ވަނީ ޓީމުގެ ޗޭންޖިން ރޫމްގައި ތިބެ ނާގަފައިވާ ފޮތޯއެއް ޓްވީޓް ކޯށްފައެވެ.

މިހާދިސާއާ ގުޅިގެން ބްރެޒިލްގެ ރައީސް މައިކަލް ޓެމާ ވަނީ ގައުމީ ހިތާމައިގައި ތިން ދުވަސް ކަނޑައަޅާފައެވެ.

މިހާތަނަށް މި ހާދިސާ ހިންގަން މެދުވެރިވި ސަބަބެއް ހޯދިފައެއް ނުވެއެވެ.